އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މި ހޮސްޕިޓަލުގެ ވޯޑްތަކުގައި ހަރުކުރުމަށް އެކްސް-ރޭ ހޯލްޑަރސް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ހޮސްޕިޓަލުގެ ވޯޑުތަކުގައި ހަރުކުރުމަށް "އެކްސް-ރޭ ހޯލްޑަރސް"ތަކެއް މި ހޮސްޕިޓަލުން ދޭ ނަމޫނާއާ އެއްގޮތަށް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިއަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

 ކޮންފަރެންސް ހޯލް

14:00

5 ސެޕްޓެންބަރު 2016

 މަޢުލޫމާތު ސާފުކުރެއްވުމަށް

ކޮންފަރެންސް ހޯލް 

15:00

8 ސެޕްޓެންބަރު 2016

 އަންދާސީހިސާބު ހުށަހެޅުއްވުމަށް

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016
ހޯދާ