މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހި ޕާސްޕޯޓުގެ ޚިދުމަތް 9001:2008 ISO ސެޓްފިކޭޝަން ލިބިފައިވާތީ، 2016 އަދި 2017 ވަނަ އަހަރުގެ ސާވައިލަންސް އޮޑިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ       

މި މުއައްސަސާއިން ދެމުންގެންދާ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް 9001:2008  ISO  ސެޓްފިކޭޝަން ލިބިފައިވުމާ ގުޅިގެން، 2016 އަދި 2017 ވަނަ އަހަރުގެ ސާވައިލަންސް އޮޑިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)94-Q/1/2016/26 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ މި އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގ 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 5 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އޮފީހަށް (ހުރަވީ ބިލްޑިންގ 2 ވަނަ ފަންގިފިލާއަށް) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016
ހޯދާ