އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން

ވަޒީފާގެ ފުރުޞަތު

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)

މުސާރައާއި ޢިނާޔަތްތައް

  1. މުސާރަ: -/11,000 ރުފިޔާ
  2. ޑެއިލީ އެލަވަންސް : -/276 ރުފިޔާ

ޝަރުޠު

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުންބެޗްލަރސްޑިގްރީ ހާސިލްކޮށްފައިވުން.
  2. ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް ޢިބާރާތްކުރަން އެނގުމާއެކު، ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  3. އުމުރުން55 އަހަރުވެފައި ނުވުން.
  • ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

ކޮމިޝަންގެ އިދާރީ ސެކްޝަންގެ މަސައްކަތްތައް ރާވައި ހިންގައި، ބެލެހެއްޓުން

ހުށަހަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  3. ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީއާއި ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  4. އޯލެވެލް އަދި އޭލެވެލް ސެޓުފިކެޓުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
  7.  އައިޑީ ކާޑްގެ ފޮޓޯކޮޕީ.
  8. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

04 ސެޕްޓެންބަރު 2016 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު

  1. އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނީ މި ކޮމިޝަނުގެ ކައުންޓަރަށެވެ.
  2. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
  3. އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
  4. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  5. މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
  6. ފޯމު ބަލައިގަތުމަށްފަހުގައިވެސް ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފޯމެއް ބާޠިލުކުރެވޭނެއެވެ.
  7. ވަޒީފާއަށް މީހުން ހޮވުމުގައި ވަޒީފާގެ ދަފުތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015217 / 3015200

ފެކްސް ނަންބަރު: 3317182

އީމެއިލް: [email protected]

25 އޮގަސްޓް 2016
ހޯދާ