ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ސޯޝަލް ސަރވިސް ވޯރކަރ އަދި އެސިސްޓެންޓް ކައުންސެލަރ މަގާމަށް މީހުން ބޭނުންވެއްޖެ

މަޤާމް :ސޯޝަލް ސަރވިސް ވޯރކަރ
ބޭނުންވާ އަދަދު :1

މަޤާމު

ސޯޝަލް ސަރވިސް ވޯރކަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2 / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ހާފްވޭ ހައުސް (ހުޅުމާލެ)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ފަރުވާ ހޯދާ ފަރާތްތަކުގެ އާއިލާތަކަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ރާވައި ހިންގުން.
  2. މުޖްތަމަޢު ހޭލުންތެރި ކުރުމުގެ ގޮތުން ހިންގޭ އެކިއެކި ހަރަކާތްތައް ރާވައި ހިންގުން.
  3. ކައުންސިލަރުންގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  4. އަމިއްލަ ޖަމުއިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  5. ކްލައިންޓުންގެ އެސެސްމަންޓް ހެދުން.
  6. ކްލައިންޓުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމްތައް ރާވައި އެ މަސައްކަތުގައި އެހީތެރިވެދިނުން.
  7. ކޮމިއުނިޓީ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ސެކްޝަނާއި ހަވާލުވެ ހުންނެވި ފަރާތަކާއި މަޝްވަރާކޮށްގެން ޕްރޮގްރާމްތައް ރާވައި ހިންގުން.
  8. މަސްތުވާތަކެއްޗާ ގުޅުންހުރި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކުގެ ޕްރޮގްރާމާއި ޙަރަކާތްތަކުގެ މަސައްކަތްކުރުން.
  9. ކްލައިންޓުންނަށް ހިންގޭ ކްލާސްތައް، މޮޑިފައިކޮށް، މޮނިޓަރކޮށް އަދި ގެންނަންޖެހޭ ބަދަލުތައް ގެނެސް މޮނިޓަރކުރުން.
  10. ސެކްޝަންގެ އެކްޝަން ޕްލޭން ތައްޔާރުކޮށް އަދި އޭގައިވާ ސެމިނާ، ވާރކްޝޮޕް ފަދަ ކަންކަން އޭގައިވާގޮތަށް ރާވައި ހިންގުން.
  11. ޑްރަގް ކޯޓަށް ފޮނުވާ ރިޕޯޓްތަކުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު

  1. ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުން  ނުވަތަ
  4. ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ނޯޓު: ސޯޝަލް ސަރވިސް ވޯރކަރ މަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީ އޮފް ހެލްތުގެ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ "ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަން" އިން ސަރޓިފައިކުރެވިފައިވާ (ސޯޝަލް ސަރވިސް ވޯރކަރ ލައިސަންސް) ލިޔުން ހުށަހަޅަންވާނެއެވެ. މި ލިޔުން ހުށަނާޅުއްވާ ފަރާތްތަކުން ސޯޝަލް ސަރވިސް ވޯރކަރ މަޤާމަށް ޝަރުޠު ފުރިހަމަނުވާނެއެވެ.

މަޤާމް :އެސިސްޓެންޓް ކައުންސެލަރ
ބޭނުންވާ އަދަދު :1

މަޤާމު

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2  (ޖީ. އެސް 4)

ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން 

ސްޕެޝަލް ޑިއުޓީ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާރޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ (ކޮމިއުނިޓީ ސަރވިސް އެންޑް އާފްޓަރ ކެއަރ ސެންޓަރުގެ މެތަޑޯން މެއިންޓަނަންސް ޕްރޮގްރާމް ޔުނިޓް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އިންޑިވިޖުއަލް އަދި ފެމިލީ ކައުންސެލިންގ ސެޝަންތައް ނެގުން ކްލައިންޓަކު ޓްރީޓްމަންޓުގައި ހުރި މަރުޙަލާއަށް ކަނޑައެޅިފައިވާ މިންވަރަށް އިންޑިވިޖުއަލް ކައުންސެލިންގ ސެޝަން ނެގުން.
  2. ދުވަހުން ދުވަހަށް ފުރަންޖެހޭ ފޯމުތައް ފުރިހަމަކުރުން (ކޭސް ހިސްޓްރީ ފޯމު، ނަގާ ކޮންމެ ކައުންސެލިންގ ސެޝަނެއްގެ ސެޝަން ނޯޓްސް ލިޔުން، ކްލައިންޓް ސެޝަން އަށް ހާޒިރުވާ ޝީޓްގައި ސޮއިކުރުވުން) އަދި ޤަވާއިދުން (ޑްރަގް ކޯޓުގެ އަމުރާ އެއްގޮތަށް) ރިޕޯޓު ފޮނުވުމާއި ކޮމިޓީތަކަށް ފައިލް ހުށަހެޅުން.
  3. ސައިކޮސޯޝަލް ޕްރޮގްރާމްގެ ކްލާސްތައް ހިންގުން/ ފެސިލިޓޭޓް ކުރުން.
  4. ކްލިނިކުން ހިންގާ ކްލާސްތައް ފިޔަވައި އެހެނިހެން ކްލާސްތައް މޮނިޓަރ ކުރުން.
  5. ޑިޕެންޑެންސީ އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމާއި ކަނޑައެޅިފައިވާ ދުވަހަށް ޑްރަގް ކޯޓަށް ފޮނުވުން.
  6. ޑިއުޓީ ރޯސްޓަރުގައިވާ ގޮތުގެ މަތިން ބަންދުދުވަސްތަކުގައި ޑިއުޓީއަށް ހާޒިރުވުމާއި އަދި ޑިއުޓީ ގަޑިއަށް އޮފީސް ހުޅުވައި ލެއްޕުން.
  7. މެތަޑޯން ފަރުވާގައި ތިބޭ ކްލައިންޓުން ޕޮލިހުގެ ހައްޔަރަށް ގެންދެވިއްޖެނަމަ، ބޭސް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން (ޕޮލިހަށް ސިޓީފޮނުވުން، ބޭސް ގެންދިޔުމުގެ ދަތުރުގެ ކަންތައްތައް ހަމަޖެއްސުން، ނަރުހަކާއެކު ބޭސްދިނުމަށް ޕޮލިހަށް ދިޔުން).
  8. އެކްޝަން ޕްލޭންގެ ދަށުން ހަވާލުކުރެވޭ މަސައްކަތްކުރުމާއި އެކަމާ ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠު

  1. ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން 
  2. ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީވެފައިވާ (ކައުންސެލިންގ ލައިސަންސް އޮތް) ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު، ސެޓުފިކެޓު ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ލިޔުން)
  3. އެސިސްޓެންޓް ކައުންސެލަރ މަޤާމުތަކަށް ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީ އޮފް ހެލްތުގެ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ "ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަން" އިން ސަރޓިފައިކުރެވިފައިވާ (ކައުންސެލިންގ ޕްރެކްޓިސް ކުރުމުގެ ލައިސަންސް) ލިޔުން ހުށަހަޅަންވާނެއެވެ. މިލިޔުން ހުށަނާޅުއްވާ ފަރާތްތަކުން ކައުންސެލަރ އަދި އެސިސްޓެންޓް ކައުންސެލަރ މަޤާމަށް ޝަރުޠު ފުރިހަމަނުވާނެއެވެ.
  4. ސޯޝަލް ސަރވިސް ވޯރކަރ މަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީ އޮފް ހެލްތުގެ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ "ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަން" އިން ސަރޓިފައިކުރެވިފައިވާ (ސޯޝަލް ސަރވިސް ވޯރކަރ ލައިސަންސް) ލިޔުން ހުށަހަޅަންވާނެއެވެ. މި ލިޔުން ހުށަނާޅުއްވާ ފަރާތްތަކުން ސޯޝަލް ސަރވިސް ވޯރކަރ މަޤާމަށް ޝަރުޠު ފުރިހަމަނުވާނެއެވެ.
  5. ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް ވެސް (އެކްރެޓިޑްކޮށްފައި ނުވި ނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެ ވާހަކަ ދަންނަވަމެވެ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  8. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  9. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  10. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެގެން އޮންނަންވާނެއެވެ.

ސުންގަޑި

2016 ސެޕްޓެންބަރު 7 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ސްކްރީނިންގ

  • އިޢުލާނުގައި ހުށަހަޅަންޖެހޭ ލިޔުންތައް މިބައިގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުން
  • މަޤާމުގެ އަސާސީ ޝަރުޠައްވާ ތަޢުލީމީ ފެންވަރު ހަމަވުން.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިވުން. (އެޕްލިކޭޝަން ފޯމު، ވަނަވަރު، އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި އިޢުލާނުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަމާގުޅޭ މުހިންމު ލިޔެކިޔުންތައް)
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅާފައިވުން.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343061އެވެ. (ވަޒީފާއަށް އެދޭ ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މިއެޖެންސީގެ ވެބްސައިޓް www.nda.gov.mv) އަދި ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.

24 އޮގަސްޓް 2016
ހޯދާ