މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
އެސިސްޓަންޓް އެކައުންޓްސް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހެކެވެ.

މަޤާމު:

އެސިސްޓަންޓް އެކައުންޓްސް އޮފިސަރ (ވަގުތީ) 2 އަހަރު ދުވަހަށް  

އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ބޭނުންވާ އަދަދު:

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:GS 3

މަސައްކަތް ކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ  / ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

 

ތައުލީމާއި ތަޖުރިބާ:

1. އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި'ދިވެހި'މި މާއްދާއިން ދަށްވެގެން 'ސީ'ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ސަރުކާރުގެ ދަތުރުތަކުގައި ދާ މީހުންނަށް ދޭންޖެހޭ ފައިސާ ދިނުމުގެ ކަންތައް ކުރުން.

2- ޕޭމަންޓް ވައުޗަރ ހެދުމަށް ބޭނުންވާ ސަޕޯޓިންގ ޑޮކިއުމެންޓްތައް ބިލާއެކު ހަމައަށް ހުރިތޯ ޗެކުކޮށް ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ސިސްޓަމަށް އަޅާ އެޓޭޗްކޮށް ޕޯސްޓްކުރަން ހުށަހެޅުން.

3- ފައިސާ ދެއްކުމަށްޓަކައި ފޮނުވާ ޕޭމަންޓް ވައުޗަރތަކަށް ފައިސާ ދައްކާތޯ ޗެކުކުރުން.

4- ޕޭމަންޓް ވައުޗަރުތަކުގެ ރަޖިސްޓަރީ ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.

5- އޮފީހަށް ނަގަންޖެހޭ ފައިސާ ނެގުމާއި، ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުން.

6- ކުޑަކުދިންގެ ހިޔާއިން ފައިސާ ދެއްކުމަށްޓަކައި ފޮނުވާ ޕޭމަންޓް ވައުޗަރތައް ސިސްޓަމަށް އަޅައި އެޓޭޗްކޮށް ޕޯސްޓްކުރަން ހުށަހެޅުން.

7- ކުޑަކުދިންގެ ހިޔާއިން ފައިސާ ދެއްކުމަށްޓަކައި ފޮނުވާ ޕޭމަންޓް ވައުޗަރތަކަށް ފައިސާ ދައްކާތޯ ޗެކުކުރުން.

8- ބަޖެޓުން ކުރެވޭ ޚަރަދުތަކުގެ ރިޕޯޓު މަހުން މަހަށް ތައްޔާރުކޮށް (އެފް. އެމް ރިޕޯޓާއެއްގޮތަށް ރިކޮންސައިލުކޮށް) ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

9- ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރތަކުގެ ޚަރަދަށް ޖަމާކުރަންޖެހޭ ފައިސާގެ ހިސާބުތަކާބެހޭ ރިޕޯޓުތައް މަހުންމަހަށް ހޯދައި ފައިސާ ފޮނުވުމާއި، ރިޕޯޓުތައް ގަވާއިދުން ފައިލުކޮށް ބަލަހައްޓަމުން ގެންދިއުން.

10- ފައިނޭންސް ސެކްޝަނުން މިނިސްޓްރީގެ ޔައުމިއްޔާއަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުމުގެ ކަންތައް ކުރުން.

11- ފައިސާ ދައްކަންޖެހޭ ބިލުތަކާއި، ނުދެއްކި ހުރި ބިލުތަކުގެ ރަޖިސްޓަރީއެއް ހަދައި އެ ރަޖިސްޓަރީ ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

12- އަހަރީ ބަޖެޓް ތައްޔާރުކުރުމުގައާއި، މާލީހިސާބު ތައްޔާރުކުރުމުގައި ބޭނުންވާ ލިޔުންތައް ތައްޔާރުކޮށް މި މަސައްކަތުގައި ޢަމަލީގޮތުން އެހީތެރިކަން ދިނުން.

13- އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

14- ހަވާލުވެގެން ކުރެވޭ މަސައްކަތްތަކާބެހޭ އެންމެހައި ލިއުންތައް ތަރުތީބުން ފައިލުކޮށް (ބަލަން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ބެލޭނެގޮތަށް) ރައްކާތެރިކަމާއެކު ބެލެހެއްޓުން.

15- މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް އޮފީހުން ޙަވާލުކުރެވޭ އެންމެހައި ރަސްމީ މަސައްކަތް ކުރުން.

16- ސިވިލް ސަރވިސް ކޯޑް އޮފް ކޮންޑަކްޓަށް އަމަލުކުރުން.

ޢިނާޔަތްތައް:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަން ޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު. (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://mlg.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ).
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު ކޮޕީ
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން  

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހު 13:30 އެވެ. 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ސެޕްޓެންބަރު މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027525/ 3027529 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި އެ އަތޮޅެއްގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް http://mlg.gov.mv އިން ލިބެން ހުންނާނެއެވެ.    

 

23 އޮގަސްޓް 2016
ހޯދާ