ދިވެހިރާއްޖެ
އިޢުލާން
އެސްޓީއޯ ސ. ހުޅުމީދޫ ފިހާރައަށް ގެންދާ މުދާ ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ކަމާލުކޮށްދޭނެ ފަރާތެއް ހޯދުން
އެސްޓީއޯ ސ. ހުޅުމީދޫ ފިހާރައަށް ގެންދެވޭ ބަސްތާގައި ހުންނަ މުދާ ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ކަމާލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނަށް (ނަންބަރު: 60-އޭޑީއެމް/184/2016) އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވައިލަމެވެ.
މުއްދަތު: 2 އަހަރުދުވަސް
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 ސެޕްޓެންބަރު 5 ވަނަ ދުވަހު 10:00 ގެ ކުރިން އެސްޓީއޯ ސ.ހުޅުމީދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ސެޕްޓެންބަރު 5 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ސެޕްޓެންބަރު 06 ވަނަ ދުވަހު 11:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ސ. ހުޅުމީދޫ ފިހާރައިގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ސެޕްޓެންބަރު 8 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލުން ފޮނުއްވަންވާނެއެވެ. އަދި 2016 ސެޕްޓެންބަރު 19 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ސެޕްޓެންބަރު 25 ވަނަ ދުވަހު 1130 ގައި ސ. ހުޅުމީދޫ ފިހާރައިގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344196، 3344262
ފެކުސް: 3344633
އީމެއިލް: [email protected]