މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ސޯޝަލް ސަރވިސް ވޯކަރ އެސިސްޓަންޓް، ކޮންޓްރެކްޓް (2 އަހަރުދުވަސް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހެކެވެ.

މަޤާމު

ސޯޝަލް ސަރވިސް ވޯކަރ އެސިސްޓަންޓް،  ކޮންޓްރެކްޓް (02 އަހަރު)

އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ/ ގއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  GS 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

(ގއ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި)

 

ތައުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި'މި މާއްދާއިން ދަށްވެގެން 'ސީ'ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އަތޮޅުތަކުގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އިން ކުރަންޖެހޭ އެންމެހައި އިދާރީ ކަންކަމުގައާއި، އެތަން ތަނުން ފޯރުކޮށްދޭ އެންމެހައި ކަންކަން ރާވައި ހިންގުމުގައި އިސް މީހަކު ނެތްނަމަ ވަގުތީ ގޮތުން އެ މަސައްކަތުގައި ޙަރަކާތްތެރިވުން.
  2. ކުޑަކުދިންނާއި، އަންހެނުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް އަނިޔާއެއްދީގެން ނުވަތަ ޙައްޤަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކޮށްގެން އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ ކޭސްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
  3. ސޯޝަލް ސަރވިސްގެ ދާއިރާއިން އަތޮޅުގައި ހިންގާ ތަފާތު ޕްރޮގްރާމުތަކުގައި ބައިވެރިވުމާއި، އާންމު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
  4. ސެންޓަރަށް ހުށަހެޅޭ މައްސަލްތަކާ ގުޅިގެން، އަތޮޅު ތެރެއަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އަދި ހޯމް ވިޒިޓުކޮށް މައްސަލައިގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުން.
  5. އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، އަތޮޅު ތެރެއަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އަދި ގޭގެއަށް ޒިޔާރަތްކޮށްގެން މައްސަލަތަކުގެ ހާލަތު ދެނެގަތުން.
  6. އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމާއެކު، ރިޕޯޓުތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  7. ކޯޓުތަކުގައި ހިންގާ ކުޑަކުދިންނާ ބެހޭ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތަކަށާއި، ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން.
  8. މިނިސްޓްރީއާއި، ޑިޕާޓުމަންޓާ ގުޅިގެން ހިންގަންޖެހޭ އެންމެހައި ޕްރޮގްރާމްތަކާއި ޙަރަކާތްތައް އަތޮޅުތަކުގައި ހިންގުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރިޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު) ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން  

ސުންގަޑި

2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ގއ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާން ސެޕްޓެންބަރުމަހުގެ ތެރޭގައި، އެ އަތޮޅެއްގެ އަތޮޅު ކައުންސިލް މެދުވެރިކޮށް އެ އަތޮޅެއްގައެވެ.  

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ. 

އިތުރު މަޢުލޫމާތު

- ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެއް ސެންޓަރުން އަނެއް ސެންޓަރަށް ބަދަލުކުރުމުގެ އުސޫލުގެ ދަށުން ފަންނީ މުވައްޒަފުން ވަކި މުއްދަތަކަށް އެހެން އަތޮޅުތަކުގެ ސެންޓަރުތަކުގައި މަސައްތްކުރަންޖެހޭނެއެވެ.

- އަތޮޅުތެރޭގެ ސެންޓަރުތަކަށް ނެގޭ ހިންގުމާ ހަވާލުވެ ހުންނަ "މެނޭޖަރ" އަދި ފަންނީ މުވައްޒަފުން  މަސައްކަތަށް އަހުލުވެރިކުމުގެ އުސޫލުގެ ދަށުން ދެވޭ ތަމްރީނުތައް މަސައްކަތަށް ނުކުންނަތާ 1 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއާއި އަތޮޅުގައި ޤާއިމުކުރެވިފައިވާ ސެންޓަރުތަކުން ދެވޭނެއެވެ. އަދި މިނިސްޓްރީން ތަމްރީނުދޭ މުއްދަތުގައި މާލޭގައި ހުރުމުގެ ހުރިހާ ޚަރަދެއް މިނިސްޓްރީން ހަމަޖައްސައިދޭނެއެވެ.

- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027549 / 3027523 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި އެ އަތޮޅެއްގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން އަދި ގެޒެޓުން ލިބެންހުންނާނެއެވެ.

24 އޮގަސްޓް 2016
ހޯދާ