މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހެކެވެ.

މަޤާމު

ޑިރެކްޓަރ

އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ/ އެގްޒެކެޓިވް/ މެނޭޖަރ

ރޭންކް: EX 1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ޗައިލްޑް ރައިޓްސް ޕްރޮމޯޝަން ސެކްޝަން  

 

ތައުލީމާއި ތަޖުރިބާ

1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކުޑަކުދިންނާ، ގުޅުން ހުރި ޤާނޫނުތަކާ ބެހޭ ގޮތުން ކަމާ ބެހޭ ހުރިހާ މުއައްސަސާތަކާއި އާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޕްރޮގްރާމުތައް ރާވައި ބެލެހެއްޓުން.
  2. ކުޑަކުދިންނަށް ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން އާންމު މުޖުތަމަޢު ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ރާވައި ބެލެހެއްޓުން.
  3. ކުޑަކުދިންނާ ބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އަދި ފައިނޭންޝަލް އެސިސްޓަންސް ހޯދުމަށް ބޭރުގެ ޖަމިޢިއްޔާތަކާއެކު މަސައްކަތްކުރުން.
  4. ޑޯނަރ އެޖެންސީތަކާއެކު މިނިސްޓްރީން އެއްބަސް ވެވޭ ވާރކްޕްލޭންތައް ތަންފީޒުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  5. ކުޑަކުދިންނާ، ގުޅޭގޮތުން ދިވެހި ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްބަސްވުން ތަންފީޒުކުރުމުގެ ކަންތައްތައް އިސްކޮށް ބެލެހެއްޓުން.
  6. މިނިސްޓްރީގެ އަހަރީ ބަޖެޓް އެކުލާވައިލުމުގެ މަސައްކަތާއި، ސެކްޝަން ވާރކްޕްލޭން ތައްޔާރުކުރުމުގެ އިސްކޮށް ހިންގައި ބެލެހެއްޓުން.
  1. ޗައިލްޑް ހެލްޕް ލައިނާއި ޗައިލްޑް ޕްރޮޓެކްޝަން، ޑޭޓާބޭސް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިސްކޮށް ބެލެހެއްޓުން.
  2. ދާއިރާގައި މަސައްކަތް ކުރާ، ފަންނީ މުވައްޒަފުންނަށް ބޭނުންވާ އެކިބާވަތުގެ ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިސްކޮށް ބެލެހެއްޓުން.
  3. ސްކޫލް/ މަދަރުސާ ތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ޙައްޤުތަކާއި އެކުދިންނަށް ކުރިމަތިވާ ނޭދެވޭ ކަންކަމުން އަމިއްލަ ރައްކާތެރިވުމުގެ ހުނަރާއި ދިރިއުޅުމުގެ ތަފާތު ހުނަރުތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން.
  4. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  1. ކުޑަކުދިންނާ ގުޅުންހުރި މަސައްކަތްތައް ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތާއި، ގަވާއިދުތަކާއި، ގައިޑްލައިންތައް އެކުލަވައިލުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ) އެކްރިޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު ކޮޕީ
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން  

ސުންގަޑި

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ސެޕްޓެންބަރު 4 ވާ އާދިއްތަ ދުވަހު 13:30 އެވެ. 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ސެޕްޓެންބަރު މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓް ލިސްޓުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027525/ 3027529 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް http://mlg.gov.mv އިން ލިބެން ހުންނާނެއެވެ.    

 

23 އޮގަސްޓް 2016
ހޯދާ