ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. ވާރުގެ (އަތޮޅުގެ) މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

ދ. ވާރުގެ (އަތޮޅުގެ) މަރާމާތު ފޭސް 2:

މި އިދާރާގެ ނަންބަރު (IUL)238-B/238/2016/7 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އަލުން ދ. ވާރުގެ (އަތޮޅުގެ) މަރާމާތު ފޭސް 2 ގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ 11:00 އަށް ދ. އަތޮޅު ކައުންސިލުގެ ޖަލްސާކުރާ މާލަމަށް ދުރުވެ މަޢުލޫމާތު ސާފުކުރައްވައި، 2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ 11:00 އަށް ދ. އަތޮޅު ކައުންސިލުގެ ޖަލްސާކުރާ މާލަމަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭނެގޮތް

 

ޕޮއިންޓް ދެވޭ ބައި

ޕޮއިންޓް ދެވޭނެގޮތް

ލިބޭނެ އެންމެމަތީ ޕޮއިންޓް

1

މަސައްކަތުގެ އަގު

ހުށަހަޅާފައިވާ އެންމެ ކުޑަ އަގު / ހުށަހެޅި އަގު x ޕޮއިންޓް

50

2

މުއްދަތު

ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު x ޕޮއިންޓް

40

3

ފަންނީ ޤާބިލުކަން

ރިފަރެންސް ލެޓަރ (މިބާވަތުގެ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރުވި ފަރާތުން މަސައްކަތް ނިންމުމުން ދޭ ލިޔުން) މި ލިޔުންތައް ހުށަހަޅާއިރު އެކަން ކޮށްދީފައިވާ އަގު އެނގޭނޭގޮތަށް ލިޔުން ހުށަހެޅުން. ޕޮއިންޓް ދެވޭނީ -/1 ރުފިޔާއިން -/50000 ރުފިޔާއަށް 2.5 ، -/50001 ރުފިޔާއިން -/150000 ރުފިޔާއަށް 5 ، -/150001 ރުފިޔާއިން މަތީގެ އަގަށް 10 ޕޮއިންޓް. (އަދި މި ލިޔުންތައް ހުށަނާޅާ ފަރާތްތަކަށް ތަޖުރިބާގެ ބަޔަށް ޕޮއިންޓެއް ނުދެވޭނެއެވެ)

10

ޖުމުލަ

100

އަންދާސީހިސާބު ހުށަހަޅަންޖެހޭގޮތް

ކުންފުންޏެއް، ޖަމްޢިއްޔާ ޖަމާޢަތެއް، އިދާރީ ބޮޑީއެއް ނުވަތަ ވިޔަފާރިއެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ކުންފުނީގެ، ޖަމްޢިއްޔާ ޖަމާޢަތުގެ، އިދާރީ ބޮޑީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓަރީ ނުވަތަ ހައިސިއްޔަތު އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅަންޖެހޭނެއެވެ. އަދި އަމިއްލަ މީހަކު ހުށަހަޅާނަމަ އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، މަޢުލޫމާތުކަރުދާހާއެކު ދޫކުރެވިފައިވާ އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ވަގުތަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި އެހެންފަރާތަކުން މައުލޫމާތު ސާފުކުރެއްވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 އޮގަސްޓް 2016
ހޯދާ