ދިވެހިރާއްޖެ
މަޤާމް :އެސިސްޓެންޓް ސޭލްސް ރެޕް | |
---|---|
ބޭނުންވާ އަދަދު :1 | |
ވަޒީފާގެ ފުރުޞަތު ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ. މަޤާމު: އެސިސްޓެންޓް ސޭލްސް ރެޕް ގރ. 1 އަދަދު: 1 މުސާރަ: މަހަކު -/3380 ރުފިޔާ ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (4 މަސް ދުވަސް) މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ލ. ފޮނަދޫ ފިހާރަ – ރީޖަނަލް ސޭލްސް އެހެނިހެން ޢިނާޔަތްތައް: - އިތުރު އެލަވަންސް: -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. - އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ގާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. - ޕެންޝަން - ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ. - މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު) މަޤާމުގެ މަސްއޫލިއްޔަތު: * ޑިޕާޓްމަންޓުތަކުގެ ބޭނުމަށް ހަދަން ޖެހޭ އެކިއެކި ރިޕޯޓުތައް އެކުލަވައިލުން. * ކްރެޑިޓް ކަސްޓަމަރުންގެ ރެކޯޑްސް ބެލެހެއްޓުމާއި ސްކީމުގެ ރެކޯޑްސް ބެލެހެއްޓުން * ހަރުގަނޑުތަކުގައި މުދާ އެތުރުމާއި، ސްޓޮކް ގުނުމާއި އަދި މުދަލުގައި އަގު ޖެހުން ތަޢުލީމާއި ތަޖުރިބާ: * ޖީ.ސީ.އީ. އޯލެވެލް 2 މާއްދާއިން ފާސްވެފައިވުމާއެކު ދިވެހި މާއްދާއިން "ސީ" ފާހެއް ނުވަތަ އެއަށް ވުރެއް މަތީ ފާހެއް އޮތުން * މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ * ގިނަ ވަގުތުގައި މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން * ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މީހުންނާ މުޢާމަލާތުކުރަން އެނގުން ސުންގަޑި: - މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު އެސްޓީއޯ ލ. ފޮނަދޫ ފިހާރައަށްް ނުވަތަ އެސްޓީއޯ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. - އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ. ނޯޓު: އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކަށެވެ. މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ. ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ. ހެޑް އޮފީސް އެޑުރެސް:
|