ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

ހއ. އަތޮޅު މަދަރުސާއަށް ބޭނުންވާ ތިރީގައި މި ދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.

މިކަމަށް ކުރިމަތިލެވޭނީ، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި / ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބު ހުށަހެޅޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ވިޔަފާރި / ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ގެންނެވުމަށް ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވުން އެދެމެވެ.

700 ޕްލާސްޓިކް ގޮނޑި (އަތްގަނޑު ނުލާ)

30 ގޮނޑި ކުޝަންޖެހި (އަތްގަނޑު ނުލާ)

1 ޕޯޑިއަމް

1 ސައުންޑް ސިސްޓަމް (8 ކޮލަމް ސްޕީކަރާއެކު)

ތަފުސީލު

ތާރީޚު

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

30 އޮގަސްޓު 2016 (އަންގާރަ)

13:00

މަދަރުސާގެ އޮފީސް

އަންދާސީހިސާބު ހުށަހެޅުން

6 ސެޕްޓެންބަރު 2016 (އަންގާރަ)

13:00

މަދަރުސާގެ އޮފީސް

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި، 6500048 ނަންބަރު ފޯނާ ގުޅުއްވުމަށް ދެންނެވީމެވެ.

20 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016
ހޯދާ