މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
1 އޮކްޓޫބަރު 2016 އިން ފެށިގެން ގްރީން ޓެކްސް ނެގުން

ސަރކިއުލަރ

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، ޓޫރިސްޓް ގެސްޓްހައުސްތަކުން 1 އޮކްޓޫބަރު 2016 އިން ފެށިގެން އެ ގެސްޓްހައުސްގައި ތިބޭ ޓޫރިސްޓުންގެ އަތުން ކޮންމެ ދުވަހަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަންޖެހޭނެއެވެ. 

އެހެންކަމުން، ތިޔަ ފަރާތްތަކުން 1 އޮކްޓޫބަރު 2016 އިން ފެށިގެން ގްރީން ޓެކްސް ނަގަން ފަށައި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި ގްރީން ޓެކްސް ގަވާއިދުގައިވާ ގޮތުގެ މަތިން މީރާއަށް އެ ޓެކްސް ދައްކަންޖެހޭނެއެވެ. 1 އޮކްޓޫބަރު 2016 ވަނަ ދުވަހު ގެސްޓްހައުސްގައި ތިބޭ ޓޫރިސްޓުންގެ އަތުން އެ ދުވަހުގެ 00:00 އިން ފެށިގެން ގްރީން ޓެކްސް ނަގަންޖެހޭނެއެވެ. އަދި 1 އޮކްޓޫބަރު 2016 ގެ ފަހުން ޗެކް-އިން ވާ ޓޫރިސްޓުންގެ އަތުން ވެސް ގްރީން ޓެކްސް ނަގަންވާނެއެވެ.

ގްރީން ޓެކުހަށް ހޭލުންތެރިކުރުމުގެ ގޮތުން ގްރީން ޓެކްސް އެވެއަރނެސް ސެޝަންތަކެއް މީރާއިން ވަނީ ހިންގަން ފަށާފައެވެ. މި ސެޝަންތަކަށް މީރާގެ ވެބްސައިޓު (http://www.mira.gov.mv/Training.aspx) މެދުވެރިކޮށް ރަޖިސްޓަރީކުރެވޭނެއެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތު، މި އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ގްރީން ޓެކްސް ގައިޑުން ލިބޭނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

22 އޮގަސްޓް 2016
ހޯދާ