އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ބައު ޖަމާލުއްދީނުގެ އިމާރާތުން ބައެއް މަރާމާތުކުރުމާބެހޭ

އިޢުލާނު

ބައު ޖަމާލުއްދީނުގެ އިމާރާތުން ބައެއް މަރާމާތުކުރުމާބެހޭ:

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި، މި ކޮމިޝަނަށް ލިބިފައިވާ ބައު ޖަމާލުއްދީން އިރުމަތީ ފަރާތުގެ 16 ކިލާސްރޫމް (ގްރައުންޑް، 1 ވަނަ، 2 ވަނަ، 3 ވަނަ ފަންގިފިލާ)، ހޯލް އަދި ކޮމްޕައުންޑް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (A)AB-2016/90 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ފުރިހަމަނުވާތީ، އެ އިޢުލާނު ބާޠިލުކޮށް މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

ތަން: ބައު ޖަމާލުއްދީން

ތަން: އިލެކްޝަންސް ކޮމިޝަނަށް

2016 އޮގަސްޓު 30 ވާ އަންގާރަ ދުވަހުގެ 11:00 އަށް

2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހުގެ 14:00 އަށް

 ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ބާޠިލުކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، ގުޅުއްވާނީ 3004434 / 3004444 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

21 ޛުލްޤަޢިދާ 1437

 

24 އޮގަސްޓް 2016
ހޯދާ