މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ބިދޭސީ މުވައްޒަފުން ހޯދުމަށް އެޖެންސީތަކުގެ ރަޖިސްޓްރީއެއް ހުޅުވާލުން

އިޢުލާން

ބިދޭސީ މުވައްޒަފުން ހޯދުމަށް އެޖެންސީތަކުގެ ރަޖިސްޓަރީއެއް ހުޅުވާލުން:

މި ކުންފުނީގެ "ބިދޭސީ މުވައްޒަފުން ރާއްޖެ ގެނައުމުގެ މަސައްކަތްކުރާ އެޖެންސީތަކުގެ ރެޖިސްޓްރީ" އަށް އިތުރު އެޖެންސީތައް އިތުރުކުރުމަށް ބޭނުންވެއެވެ. 

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުރި ތިރީގައި މިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ރަޖިސްޓަރީގައި ނަން ނޯޓުކުރެއްވުމަށް 25 - 31 އޮގަސްޓު 2016 ގެ 10:00 ން 13:00 އާ ދެމެދު މި ކުންފުނީގެ ހިއުމަން ރިސޯރސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް (އެމް.ޓީ.ސީ.ސީ ޓަވަރ – 2 ވަނަ ފަންގިފިލާއަށް) ވަޑައިގެން ދެއްވުން އެދެމެވެ.  

ޝަރުޠު: ބިދޭސީން ގެނައުމުގެ ހުއްދަ އޮތުން. (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އަލަށް ނެރެފައިވާ ގަވާއިދާ އެއްގޮތަށް ހުއްދަ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ)

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ރަޖިސްޓަރީގައި ބްލެކް ލިސްޓުވެފައިވާ ފަރާތެއްކަމުގައި ނުވުން.

މި ކުންފުންޏަށް ބިދޭސީން ގެނައުމުގައި ކޮށްފައިވާ އެގްރީމެންޓާ ޚިލާފުވުމާ ގުޅިގެން ކުންފުނިން ބްލެކް ލިސްޓުކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.

21 ޛުލްޤަޢިދާ 1435

24 އޮގަސްޓް 2016
ހޯދާ