ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މި އަތޮޅު އިސްދޫގައި ޢިމާރާތްކުރަމުންދާ ކޯޓު ޢިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައި، ޢިމާރާތާއި ޢިމާރާތުގެ ގޯތިތެރެ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި އަތޮޅު އިސްދޫގައި ޢިމާރާތްކުރަމުންދާ ކޯޓު އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައި، ޢިިމާރާތާއި ޢިމާރާތުގެ ގޯތިތެރެ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި ކޯޓުގެ ނަމްބަރު: (IUL)O8MC-A/2016/03 (16 ޖޫން 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް، އިސްދޫގައި ޢިމާރާތްކުރަމުންދާ ކޯޓު އިމާރާތުގެ ސެކިއުރިޓީ 1 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދިނުމާއި، އެ އިމާރާތާއި އިމާރާތުގެ ގޯތިތެރެ 1 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 އޮގަސްޓު 2016 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކޯޓަށް ނުވަތަ ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 7 ވާ ބުދަ ދުވަހު 11:00 އަށް،  މި ކޯޓަށް ނުވަތަ ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

20 ޛުލްޤަޢިދާ 1437

23 އޮގަސްޓް 2016
ހޯދާ