އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 (ޖީ.އެސް 3)

ބޭނުންވާ އަދަދު:

1

ބޭނުންވާ މުއްދަތު:

1 (އެކެއް އަހަރު)

މުސާރަ:

މަހަކު -/4,465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާ

އެޓަރނީ ޖެނެރަލްސް އޮފީސް އެލަވަންސް

 އަސާސީ މުސާރައިގެ % 35

މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް/ ސިވިލް ލިޓިގޭޝަން ސެކްޝަން، މާލެ

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • ސެކްޝަނަށް އަންނަ ތަކެތި ބަލައިގަނެ، އެންޓްރީ ބެލެހެއްޓުން.
  • ކޯޓު ޝެޑިއުލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ސެކްޝަންގެ ސިޓީތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  • ސެކްޝަންގެ މައްސަލަތަކާ ގުޅިގެން މީޓިންގތައް ހަމަޖައްސައި ރެކޯޑުތައް ބެލެހެއްޓުން.
  • ސެކްޝަންގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  • ބްރީފިންގގެ އިންތިޒާމް ހަމަޖައްސައި ރެކޯޑުތައް ބެލެހެއްޓުން.
  • މައްސަލަތަކާ ގުޅިގެން އެޓަރނީން ކުރަންޖެހޭ ދަތުރު ފަތުރުގެ އިންތިޒާމު ހަމަޖެއްސުން.
  • ސެކްޝަން ހިންގަމުންގެންދާ ވެރިންގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.
  • އޮފީސް ޑިއުޓީގައި ހުރުމާއި އޮފީސް ހުޅުވައި ލެއްޕުން.
  • މީގެއިތުރުންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު

- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން؛

- މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން؛

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން:

2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 5 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި އޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.  

  1. ވަޒީފާއަށް އެދޭފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛
  2. އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ؛
  3. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ؛
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛
  5. ފުރިހަމަކުރައްވާފައިވާ ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ  ލިޔުންތަކުގެ ކޮޕީ؛
  7. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަން އެނގޭނެ އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.

ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

20 ޛުލްޤަޢިދާ 1437

23 އޮގަސްޓް 2016
ހޯދާ