މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ކައުންސެލިންގ ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހިނގާ ކުޑަކުދިންގެ ހިޔާގައި ކައުންސެލިންގ ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި މިނިސްޓްރީގެ ދަށުން ވިލިނގިލީއަވަށުގައި ހިނގާ ކުޑަކުދިންގެ ހިޔާގެ ކުދިންނާއި މުވައްޒަފުންނަށް ކައުންސިލިންގ ދިނުމަށްޓަކައި ކައުންސެލިންގ ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ކައުންސެލިންގ ކޯޑިނޭޓަރގެ މައިގަނޑު މަސައްކަތްތަކާއި، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރާއި މަސައްކަތުގެ މުއްދަތާއި އުޖޫރަ މި އިޢުލާނާއެކުވާ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައި އެވަނީއެވެ. މި ޓަރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް www.mlg.gov.mv އިން ވެސް ލިބެން ހުންނާނެއެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރާ އެންމެހައި ލިޔެކިޔުންތައް 30 އޮގަސްޓު 2016 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ފޮނުއްވައިދެއްވުން އެދެމެވެ.

18 ޛުލްޤަޢިދާ 1437

21 އޮގަސްޓް 2016
ހޯދާ