މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މެޑިކަލް ލައިސެންސިންގ އިމްތިޙާނާ ބެހޭ
އިޢުލާން
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ މެޑިކަލް ލައިސެންސިންގ އިމްތިޙާން 21 ސެޕްޓެންބަރު 2016 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިޙާން ދިނުމަށް ހަމަޖެހިފައިވަނީ މެޑިކަލް ކައުންސިލްގައި 31 ޑިސެންބަރު 2013 ގެ ފަހުން ރަޖިސްޓަރީ ކޮށްފައިވާ ދިވެހި ޑޮކްޓަރުންނާއި، ބިދޭސީ ޑޮކްޓަރުންގެ ތެރެއިން ހަމައެކަނި MBBS ހައްދަވާފައިވާ ޑޮކްޓަރުންނަށެވެ. މި އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއި މި އިމްތިޙާނުގައި އަންނާނެ ބައިތަކާބެހޭ މަޢުލޫމާތު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ވެބްސައިޓް www.mmc.gov.mv އިން އެނގެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 08 ސެޕްޓެންބަރުގެ 13:00 އެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
23 އޮގަސްޓް 2016
ހޯދާ