މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޕްރޮކިއުމަންޓް އޮފިސަރ

މަޤާމު

އޮފިސަރ

ކްލެސިފިކޭޝަން

މަހަކު -/6000 ރުފިޔާއާއި -/8500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ

- ލިވިންގ އެލަވަންސް: މަހަކު -/3000 ރުފިޔާ

- އެޓެންޑެންސް އެލަވަންސް: މަހަކު -/3000 ރުފިޔާ

އެހެނިހެން އިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

ޕްރޮކިއުމަންޓް ޑިޕާޓްމެންޓް

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި ޕްރޮކިއުމަންޓުގެ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ސެޓުފިކެޓު ލެވެލްގެ ސަނަދެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި ޕްރޮކިއުމަންޓުގެ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ސަރުކާރުގެ ވަޒީފާއެއްގެ އެމް.އެސް 2 ގެ ލެވެލެއްގައި މަސައްކަތްކޮށްފައިވުން

މަޤާމުގެ ޝަރުޠުތައް

  • ކޯޕަރޭޝަނަށް ބޭނުންވާ ސްޓޭޝަނަރީޒް، ކޮންސިއުމަބްލްސް އަދި އެސެޓް ފަދަ ތަކެތީގެ ތެރެއިން ކޯޕަރޭޝަންގެ އެކި ޑިޕާޓްމަންޓްތަކަށް ހޯދަންޖެހޭ ތަކެތި ގަތުން.
  • ބިޑްކޮށްގެން ހޯދަންޖެހޭ ތަކެތި ނުވަތަ ޚިދުމަތްތައް ކަނޑައެޅިފައިވާ އުސޫލުން ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • މާލިއްޔަތުގެ ޤާނޫނާއި ސްޕޯޓްސް ކޯޕަރޭޝަންގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ތަކެތި ހޯދުމުގެ މަސައްކަތްކުރުން.
  • ގަނެގެން ގެނެވޭ ތަކެތީގެ ފެންވަރު ބެލުމާއި، ކޮލިޓީ ތަކެތި ގަތުމަށް ބާރުއަޅައި މަސައްކަތްކުރުން.
  • ތަކެތި ވިއްކާ ފަރާތްތަކުގެ މަޢުލޫމާތު، ކޮންޓެކްޓުގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ރާއްޖެއިން ބޭރުން ގެނެވޭ މުދާ ކްލިއަރކުރުމާއި، އެ މުދަލެއް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށް ނިންމުން.
  • ކޯޕަރޭޝަނުގެ އިންވެންޓްރީ ގަވާއިދުން ބަލަހައްޓައި އަޕްޑޭޓްކުރުން. އަދި އިންވެންޓްރީގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ގަވާއިދުން ރެކޯޑު ކުރެވިގެން އެއްތަނުން އަނެއްތަނަށް ބަދަލުވާ ތަކެތިކަން ޔަގީންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • ކޯޕަރޭޝަނުގެ ޑިޕާޓްމަންޓްތަކުން އަދި ސެކްޝަންތަކުން ފޮނުވާ ތަކެއްޗަށް އެދޭ ލިޔުންތައް ލިބުމުން އެންޓްރީކޮށް އަޕްޑޭޓްކުރުން. އަދި ކޯޕަރޭޝަންގެ ސްޓޮކް ބެލެހެއްޓުން
  • ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  • ކޯޕަރޭޝަނުގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • މީގެ އިތުރުން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް އަދި މެނޭޖިންގ ޑިރެކްޓަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު ޢިނާޔަތްތައް ލިބޭނެއެވެ.

އިތުރު ޢިނާޔަތްތައް

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުއާއި އިމްތިޙާނުކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އިމްތިޙާނު ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ފަންނީ ޤާބިލުކަން ހުރި މިންވަރު
  • ޕްރޮކިއުމަންޓުގެ މަސައްކަތްތައް ހިންގުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  1. ވަޒީފާއަށް އެދޭ ފޯމު މި އިޢުލާނާއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

29 އޮގަސްޓު 2016 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގ ޑިރެކްޓަރަށް އެޑްރެސްކޮށް ގަލޮޅުދަނޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00 އިން ހަވީރު 3:00 އަށް) ގުޅާނީ، 7826050 ނުވަތަ 3336725 ނަންބަރު ފޯނަށް

އިތުރު މަޢުލޫމާތު

20 ޛުލްޤަޢިދާ 1437

23 އޮގަސްޓް 2016
ހޯދާ