ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކެއުމާއި ސައި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އޮފިޝަލުންގެ ކެއުމާއި ސައި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އެސޯސިއޭޝަނުން 1 އަހަރުދުވަހުގެ ތެރޭގައި ކުރިއަށްދާ ބެޑްމިންޓަން މުބާރާތްތަކުގެ އޮފިޝަލުންގެ ކެއުމާއި ސައި ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި ޚިދުމަތް ދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 13:30 އަށް މިއެސޯސިއޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 29 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން މި އެސޯސިއޭޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

21 އޮގަސްޓް 2016
ހޯދާ