ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކ. ތިލަފުށީ މަސްޖިދުލްއީޡާރު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން

އިޢުލާން

ކ. ތިލަފުށީ މަސްޖިދުލްއީޘާރު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން (ނަންބަރު TCL/PROC-TA/2016/017) އާ ގުޅިގެން ހުޅުވާލި ބީލަން ހުށަހެޅުމުގެ ފުރުޞަތުގައި އެކަށީގެންވާ އަގުތަކެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިދެންނެވި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުން

ޓީސީއެލް ހެޑްއޮފީސް

-

24 އޮގަސްޓު 2016 އިން 28 އޮގަސްޓު އަށް

9:00 އިން 15:00

މަޢުލޫމާތުކަރުދާސް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

ހޯމަ

29 އޮގަސްޓު 2016

13:00 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ

ޓީސީއެލް ހެޑްއޮފީސް

ބުދަ

31 އޮގަސްޓު 2016

14:00 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

06 ސެޕްޓެންބަރު 2016

14:00 ގައި

މަޢުލޫމާތު ކަރުދާހުގެ އަގަކީ -/100 ރުފިޔާއެވެ.

  • ބީލަން ހުށަހަޅާއިރު މަދުވެގެން -/15,000 (ފަނަރަ ހާސް) ރުފިޔާގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ.
  • ބިޑް ކާމިޔާބު ކުރައްވާ ފަރާތުން އެޑްވާންސް ފައިސާއަށް އެދި ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ % 15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑު ނުވާގޮތަށް، ބޭންކް ގެރެންޓީއެއް ހުށަހެޅުމުން ހަމަޖައްސައިދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުއްވުމާއި ގުޅޭ:

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެފައިވާ ފަރާތަކަށް އެކަންޏެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތުކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމެންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

19 ޛުލްޤަޢިދާ 1437

 

Fen Building/ 4th floor                                                  ފެން ބިލްޑިންގ / 4ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldi                                       އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513 Fax: 3307514                                    ފޯން: 3307513 ، 3307515   ފެކްސް: 3307514

24 އޮގަސްޓް 2016
ހޯދާ