ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކ.ތިލަފުށީގައި ހުންނަ ފެރީޓަރމިނަލްގެ ސީލިންގ ހަރުކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުން

އިޢުލާން
 
ކ.ތިލަފުށީ ފެރީޓަރމިނަލްގެ ސީޓުބަރި ޖަހާފައިވާ ބައިގެ ސީލިންގ ހަރުކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ އަގުތަކެއް ލިބިފައިނުވާތީ އިޢުލާން ނަންބަރު (TCL/PROC-TA/2016/026)ބާޠިލުކޮށް އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވަމެވެ.

 

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން

ޓީސީއެލް ހެޑް އޮފީސް

-

24 އޮގަސްޓު 2016 އިން 28 އޮގަސްޓު 2016 އަށް

09:00 އިން 15:00

ބީލަން ފޮތް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

ހޯމަ

29 އޮގަސްޓު 2016

13:00 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ

ޓީސީއެލް ހެޑް އޮފީސް

އަންގާރަ

30 އޮގަސްޓު 2016

10:30 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

އަންގާރަ

06  ސެޕްޓެންބަރު 2016

10:30 ގައި

  • ބީލަން ފޮތްގެ އަގަކީ -/100 ރުފިޔާއެވެ.
  • ބީލަން ހުށަހަޅާއިރު މަދުވެގެން -/10,000ރ. (ދިހަ ހާސް ރުފިޔާ)ގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ.
  • ބީލަން ކާމިޔާބު ކުރައްވާ ފަރާތުން ބޭންކް ގެރެންޓީ އެއް ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑު ނުވާގޮތަށް އެޑްވާންސް ފައިސާ ހަމަޖައްސައިދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުއްވުމާއި ގުޅޭ:

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެފައިވާ ފަރާތަކަށް އެކަންޏެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަންއަށްް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

22 އޮގަސްޓް 2016
ހޯދާ