ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލުގެ މެމްބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލުމަށް މިނިސްޓްރީގެ ނަންބަރު: (IUL)23/-MMDC/23/2016/15 (29 މާރިޗު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ތިރީގައި ދަންނަވާ ދާއިރާއަށް ހުށަހަޅުއްވާފައިނުވުމުން، ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލުގެ މެމްބަރުންނަށް ވުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ. އަދި މިއާއެކު ކައުންސިލުގައި ހުސްވެފައިވާ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ހުޅުވާލަމެވެ.
ކައުންސިލުގެ ނަން |
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް |
|||||||||
އެލަވަންސް |
ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ. |
|||||||||
ކައުންސިލާއި ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް |
ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާއި 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް |
|||||||||
ބޭނުންވާ ދާއިރާ |
ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (5) ގައިވާ މެންބަރު (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މެޑިކަލް ނުވަތަ ޑެންޓަލްގެ ރޮނގުން ތަމްރީނު ލިބިފައިވާ މީހެއް) |
|||||||||
ބޭނުންވާ އަދަދު |
1 |
|||||||||
ތައުލީމީ ތަޖުރިބާ އަދި މަސައްކަތު ތަޖުރިބާ މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް |
ތަޢުލީމު (މެޑިކަލް/ޑެންޓަލް ޕްރޮފެޝަން އިން ހޯދާފައިވާ ސެޓުފިކެޓު)
މަސައްކަތު ތަޖުރިބާ (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)
|
|||||||||
ބޭނުންވާ ދާއިރާ |
ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (7) ގައިވާ މެންބަރު (ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރެއް) |
|||||||||
ބޭނުންވާ އަދަދު |
1 |
|||||||||
ތަޢުލީމީ ތަޖުރިބާ އަދި މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް |
ތަޢުލީމު (ޞިއްޙީ ދާއިރާއަކުން ހޯދާފައިވާ ސެޓުފިކެޓު)
މަސައްކަތުގެ ތަޖުރިބާ (ޕަބްލިކް/ޕްރައިވެޓް ސެކްޓަރގައި ޞިއްޙީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު)
|
|||||||||
މާކްސް ދިނުމާއި އިންޓަރވިއުކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު
|
|
|||||||||
މަޤާމަށް ކުރިމަތިލާ މެމްބަރުންގެ ޝަރުޠުތައް |
|
|||||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
|
|||||||||
ސުންގަޑި |
4 ސެޕްޓެންބަރު 2016 ގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގެ ކައުންޓަރަށް) އަށް ހުށަހެޅުއްވުން، ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން. (އީމެއިލުން ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީއަށް ލިބުނުކަން އަންގާނެވާހަކަ ދަންނަވަމެވެ. ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ، މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭޝަން ލިބުނުތޯ ބެއްލެއްވުން އެދެމެވެ.) |
|||||||||
އިތުރު މަޢުލޫމާތު |
ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި ގެޒެޓުން ބެލެން އޮންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014337، 3014468 އަދި 3014480 އެވެ. |