މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ވަގުތީ ގޮތުން ސަރވޭ ކުރުމަށް މުވައްޒަފުން ބޭނުއްވެއްޖެ
ބޭނުންވާ އަދަދު :30

ވަޒީފާގެ ފުރުސަތު

މި މިނިސްޓްރީން ކުރާ ސަރވޭއަކަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީގެ ދަރިވަރުން ބޭނުންވެއެވެ.

މުއްދަތު

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވަގުތު

މުސާރަ

ބޭނުންވާ އަދަދު

3 މަސްދުވަހަށް (މުއްދަތު ހަމަވުމުން ކޮންޓްރެކްޓް އައު ކުރެވޭނެއެވެ.)

ހެނދުނު 8:00 އިން މެންދުރު 14:00 އަށް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/150 ރ

ފޯނު އެލަވަންސަށް މަހަކު -/100 ރުފިޔާ 

30

ފެންވަރު ނުވަތަ ޝަރުޠު:

ދަށްވެގެން ޖީ.ސީ.އީ، އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން.

ތަކެތި ހުށަހަޅަން ޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު/ މާލެ) ކައުންޓަރަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ 12:00 އެވެ.
  • އިންޓަރވިއު ބޭއްވޭނެ މުއްދަތު:
  • 2016 ސެޕްޓެންބަރު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004340 ,3004200 އަށް ގުޅުއްވުން އެދެމެވެ.

18 ޛުލްޤަޢިދާ 1437

21 އޮގަސްޓް 2016
ހޯދާ