މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް މެނޭޖަރ

މިކުންފުނީގެ ނަންބަރު: MRDC-IUL/2016/17 އަށް އެދެވިގެނވާ ތަރުޙީބެއް ލިިބިފައި ނުވުމުން، އެ އިޢުލާން ބާޠިލުކޮށް، މިކުންފުނީގެ ހެޑްއޮފީހަށް މިދަންނަވާ މަޤާމަށް އަލުން މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

ޕްރޮކިއުމަންޓް މެނޭޖަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އީ.އެކްސް 1 – ގްރޭޑް 1

މުސާރަ:

މަހަކު -/14630 ރުފިޔާ (ސާދަހާސް ހަސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

މިކޯޕަރޭޝަންގެ ހެޑްއޮފީސް

މަސައްކަތްކުރާ ޑިޕާޓްމަންޓް: 

ޕްރޮކިއުމަންޓް

ފެންވަރު ނުވަތަ ޝަރުޠު:

- ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުން،

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕްރޮކިއުމަންޓުގެ ދާއިރާގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް ހިންގާ ބަލަހައްޓައި، ޕްރޮކިއުމަންޓް ޕޮލިސީއަށް ފުރިހަމައަށް ޢަމަލުކުރެވޭކަން ޔަގީންކުރުން.

- ޕްރޮކިއުމަންޓާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް އަންނަ ބަދަލުތައް ބަލައި، ކުންފުނީގެ އުސޫލުތައް ކަނޑައެޅިފައިވަނީ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށްކަން ޔަގީންކޮށް، މުރާޖަޢާކުރަންޖެހޭ ކަންތައްތައް މުރާޖަޢާކުރުން.

- މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މުދަލާއި ފައިސާއާ ބެހޭގޮތުން ޢަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، އަދި މިނޫންވެސް ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.

- ކުންފުނިން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓްތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަށް، ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

- ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް މުވައްޒަފުންނަށް ބަހާލައިގެން ހިންގައި ބެލެހެއްޓުން.

- ކުންފުނީގެ ސަޕްލަޔަރުންނަށް، ކުންފުންޏަށް ހޯދަން ބޭނުންވާ ތަކެއްޗާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން.

- ބިޑް ކޮށްގެން ހޯދަންޖެހޭ ތަކެތި، ކަނޑައެޅިފައިވާ ތާރީޚަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

- ކުންފުނިން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮކިއުމަންޓާ ގުޅުންހުރި ޕްރޮޖެކްޓްތައް ކުރިއަށްދާ މިންވަރު ބެލެހެއްޓުން.

- ކުންފުޏަށް މުދާ ފޯރުކޮށްދޭ ފަރާތްތަކާ ވާހަކަދައްކައިގެން އެކަށީގެންވާ އަގުތަކެއްގައި މުދާ ހޯދުމަށް މަސައްކަތްކުރުން.

- މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ދައްކާތޯ ބަލައި ޔަގީންކުރުން.

- ވެންޑަރ ރަޖިސްޓަރީއާއި ސަޕްލަޔަރ ރަޖިސްޓަރީގެ ޑޭޓަރބޭސް އެކުލަވައިލުމާއި، ބެލެހެއްޓުމާއި، ސަޕްލަޔަރ ރިލޭޝަންސް މެނޭޖްކުރުން.

- ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން، މިކުންފުނީގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައި މިވާ ތަކެއްޗާއެކު 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން މިކޯޕަރޭޝަންގެ ހެޑްއޮފީހަށް ފޮނުއްވައިދެއްވުން އެދެމެވެ.                            

  1.  މީހާގެ ވަނަވަރު،
  2.  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ
  4. ޕާސްޕޯޓްސައިޒުގެ 2 ފޮޓޯ،
  5. ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން،
  6. ތިންމަސް ހަމަނުވާ ޕޮލިސްރިޕޯޓު.
  7. ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

މި ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން ހާޒިރީއަށާއި މަސައްކަތުގެ އަޚުލާޤަށް އަދި ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ. އަދި މި ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކުންފުނީގެ ނަންބަރު 3312904 ފޯނަށް ގުޅުއްވުން އެދެމެވެ.

17 އޮގަސްޓް 2016
ހޯދާ