މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ޕޯސްޓަކާއި ފާޚާނާއެއް އަދި ގުދަނެއް ހެދުމާއި ވޯކްވޭ ހަދައި، ގާ އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް

އިޢުލާން

މި އިދާރާގެ ގޯތިތެރޭގައި ސެކިއުރިޓީ ޕޯސްޓަކާއި ފާޚާނާއެއް އަދި ގުދަނެއް ހެދުމާއި ވޯކްވޭ ހަދައި، ގާ އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 29 ވާ ހޯމަދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ސެޕްޓެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ވެރިފަރާތް ހާޒިރުނުވާނަމަ ބަދަލުގައި ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016
ހޯދާ