ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ރިސެޕްޝަން އޭރިޔާގައި ކާޕެޓް އެޅުމަށް ބޭނުންވެއްޖެ

އިޢުލާން

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ޢިމާރާތުގެ ރިސެޕްޝަން އޭރިޔާ އަދި އެން.ސީ.އައި.ޓީ މެއިން ބިލްޑިންގގެ އެއްކޮޓަރީގައި ކާޕެޓް އެޅުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 13:00 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ޢިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުންއަށް) ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތާއި ބިޑް ސަބްމިޝަން ފޯމު މި އޮފީހުގެ ވެބްސައިޓް، www.ncit.gov.mv ގައި ޝާއިޢު ކޮށްފައިވާނެއެވެ.

19 ޛުލްޤަޢިދާ‏ 1437

22 އޮގަސްޓް 2016
ހޯދާ