މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާނު ބާޠިލުކުރުން

އިޢުލާން

ބ. އަދި އދ. ގެ ފަޅުރަށްތަކާ ގުޅޭގޮތުން ކޮށްފައިވާ ނަންބަރު (IUL)30-E/30/2016/72 (14 އޮގަސްޓު 2016) އިޢުލާނު ބާޠިލުކުރުން

ވަރުވާއަށް ދޫކުރުމަށްޓަކައި މި މިނިސްޓްރީން ފުރުޞަތު ހުޅުވާލާފައިވާ ބ. އަދި އދ. އަތޮޅުގެ ފަޅުރަށްރަށާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުން (ޕްރީބިޑް މީޓިންގ) ބޭއްވުމާއި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި ޢާންމުކޮށް އެންގުމަށްޓަކައި މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢު ކޮށްފައިވާ ނަންބަރު (IUL)30-E/30/2016/72 (14 އޮގަސްޓު 2016) އިޢުލާނު ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިޢު ކުރެވިފައި ނެތުމުގެ ސަބަބުން މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިގެންނެވިފައިނުވާ ކަމަށް ގިނަ ފަރާތްތަކަކުން މި މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާތީ، އިސްވެ ދަންނަވާފައިވާ އިޢުލާނު ބާޠިލުކޮށްފައިވާ ވާހަކަ ދެންނެވީމެވެ.

އަދި މަޢުލޫމާތު ދިނުން (ޕްރީބިޑް މީޓިންގ) ބޭއްވުމާއި ފޯމު ހުށަހެޅުން އަދި ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚާއި ތަނާއި ގަޑި އަލުން އިޢުލާނު ކުރާނެ ވާހަކަ ދެންނެވީމެވެ.

18 ޛުލްޤަޢިދާ 1437

21 އޮގަސްޓް 2016
ހޯދާ