ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެކަލްޓީ އޮފް ސައިންސަސްއަށް އެއަރކޯންތަކެއް ގަންނަން ބޭނުންވެއްޖެ

އިޢުލާން

ފެކަލްޓީ އޮފް ސައިންސަސްއަށް އެއަރކޯންތަކެއް ގަންނަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު 275/MNU-CA-FNP/2016 އަށް ހުށަހެޅި އަންދާސީހިސާބުގައި މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.

ވީމާ، ބަޔާން ކުރެވިފައިވާ ތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 24 ވަނަ ދުވަހުގެ 13:00 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 29 ވަނަ ދުވަހުގެ 13:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

15 ޛުލްޤަޢިދާ 1437

18 އޮގަސްޓް 2016
ހޯދާ