ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
'ކޮމްޕިޓެންސީ މޮޑެލް' އެއް ތައްޔާރުކޮށްދިނުން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މަސައްކަތުގެ ތަފުސީލު

ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް "ކޮމްޕިޓެންސީ ބޭސްޑް ރެކްރޫޓްމަންޓް ސިސްޓަމް" އަށް ބައްޓަން ކުރުމުގެ ގޮތުން ސިވިލް ސަރވިސްގެ މަޤާމުތަކަށް ބޭނުންވާ "ޕަރސަން ސްޕެސިފިކޭޝަން" (މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ސިފަތަކާއި ހުނަރުތައް) އެކުލަވާލުމަށް ބޭނުންކުރާނެ "ކޮމްޕިޓެންސީ މޮޑެލް" އެއް ތައްޔާރުކޮށްދިނުން.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ 13:00 ގައި ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް

18 އޮގަސްޓް 2016
ހޯދާ