ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޕްރޮޖެކްޓް ޕްރޮޕޯޒަލެއް އެކުލަވާލުން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މަސައްކަތުގެ ތަފުސީލު

ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް "ކޮމްޕިޓެންސީ ބޭސްޑް ރެކްރޫޓްމަންޓް ސިސްޓަމް" އަށް ބައްޓަން ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެ ބަދަލުތައް ތަންފީޒުކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި ޓޫލްތައް ޑިވެލޮޕްކުރުމުގައި އެހީދޭ ޖަމްޢިއްޔާތަކުން ނުވަތަ ބޭރު ޤައުމުތަކުން ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި ޕްރޮޖެކްޓް ޕްރޮޕޯޒަލެއް އެކުލަވާލުން.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ 13:00 ގައި ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް

18 އޮގަސްޓް 2016
ހޯދާ