މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
2016 އަދި 2017 ވަނަ އަހަރުގެ ސާވައިލަންސް އޮޑިޓެއް ހެދުމަށް

މި މުއައްސަސާއިން ދެމުންގެންދާ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް 9001:2008 ISO ސެޓުފިކޭޝަން ލިބިފައިވުމާ ގުޅިގެން، 2016 އަދި 2017 ވަނަ އަހަރުގެ ސާވައިލަންސް އޮޑިޓެއް ހެދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 13:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 14:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގގެ 2 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

13 ޛުލްޤަޢިދާ 1437

17 އޮގަސްޓް 2016
ހޯދާ