އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު:

އައި.ޓީ ސެކިއުރިޓީ ކޮންސަލްޓަންޓް - އީ.އެކްސް 1 (ވަގުތީ)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން:

އައި.ސީ.ޓީ ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/8835 (އަށްހާސް އަށްސަތޭކަ ތިރީސް ފަހެއް) ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2000 (ދެހާސް) ރުފިޔާ

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (8 މަސް ދުވަސް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- މައިކްރޯޓިކް ސަރޓިފައިޑް މީހަކުންވުން؛ ނުވަތަ

2- ރައުޓަރ އޯއެސް ކޮންފިގަރ ކުރުމުގައި ޢަމަލީގޮތުން މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3- ނެޓްވޯރކް ސެކިޔުރިޓީ ބެލެހެއްޓުމުގައާއި ނެޓްވޯރކް އެސްޓަބްލިޝްކުރުމުގައި އަދި މެއިންޓަނެންސް ކުރުމުގައި ޢަމަލީ ގޮތުން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

4- އައިޓީ ކޮންސަލްޓަންޓެއްގެ ގޮތުގައި މަދުވެގެން 2 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

5- ސިސްކޯ ރައުޓަރ، އޯއެސް ކޮންފިގަރ ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

6- އުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

7- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

8- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

ކޮމިޝަންގެ އިދާރާގެ ނެޓްވާރކް ސެކިޔުރިޓީ ބެލެހެއްޓުމުގައި މަސައްކަތްކުރުން

މަޤާމު:

މެނޭޖަރ (އެމް.އެސް 3)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން:

އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/7035 (ހަތްހާސް ތިރީސް ފަސް) ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2000 (ދެހާސް) ރުފިޔާ

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/225 (ދުއިސައްތަ ފަންސަވީސް) ރުފިޔާ

އިތުރުގަޑީގެ ފައިސާ:

ނުރަސްމީގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 02 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2- ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 05 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3-އުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

4-ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

މަސްއޫލިއްޔަތު:

- ޑިވިޝަން ހެޑު އަދި ސެކްޝަން ހެޑުގެ ލަފާގެ މަތިން އިންތިޚާބާގުޅޭ ތިރީގައި ދަންނަވާ ކަންކަން ކުރުން

- އިންތިޚާބުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ފަރުމާކޮށް، ޕްރިންޓްކޮށް، ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާއި އިދާރީ މަސައްކަތް ކުރުމާއި އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ހިނގާކަން ކަށަވަރުކުރުން.

- އިންތިޚާބުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ލިބޭނެގޮތާއި، ފޯމު ބަލައިގަނެ ޖަވާބު ދެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ހިނގާކަން ކަށަވަރުކުރުން.

- އިންތިޚާބާ ގުޅިގެން ކުރަންޖެހޭ އެއްގަމާއި، ކަނޑާއި ވައިގެ ދަތުރުފަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ހިނގާކަން ކަށަވަރުކުރުން.

- ކޮންމެ އިންތިޚާބެއްގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދު އެކި އިންތިޚާބީ ދާއިރާތައް ވަކިން ކަމާބެހޭ ސެކްޝަނުން ހޯދައި، އެ މަޢުލޫމާތުގެ އަލީގައި ވޯޓުކަރުދާސް ޗާޕުކުރުމަށްޓަކައި ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ހިނގާކަން ކަށަވަރުކުރުން.

- ޗާޕުކޮށްގެން ގެނެވޭ ވޯޓުކަރުދާހުގައި ޕްރިންޓިންގް މައްސަލައެއް ހުރިތޯ ބެލުމަށްޓަކައި، ޗެކުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ކުރެވޭކަން ކަށަވަރުކުރުން.

- ވޯޓުނަގާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ވޯޓުކަރުދާހުގެ ތަފުސީލު ތައްޔާރުކޮށް، ތަފުސީލާ އެއްގޮތަށް ސެކިއުރިޓީ އުރައިގައި ވޯޓުކަރުދާސް ބަންދުކޮށް، ފޮނުވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ކުރެވޭކަން ކަށަވަރުކުރުން.

- ވޯޓުލާ ސަރަހައްދު ބައިކުރުމާއި، ސަރަހައްދުތަކުގެ ޗާޓު ތައްޔާރުކުރުމާއި، ވޯޓުފޮށި ބަހައްޓާނެ އަދަދާއި ވޯޓުފޮށި ބަހައްޓާނެ ތަންތަން ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ކުރެވޭކަން ކަށަވަރުކުރުން.

- ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ގުރުއަތު ނެގުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ނަންތައް އިޢުލާނުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ކުރެވޭކަން ކަށަވަރުކުރުން.

- އިންތިޚާބުތަކަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެތި ހޯދުމަށް ސްޓޮކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވައި ތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސައި، ތަކެތި ލިބުނުކަން ކަށަވަރުކުރުން.

- ވޯޓުނަގާ މަރުކަޒުތަކުގެ ލޭއައުޓް ތައްޔާރު ކުރުމާއި، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް ވޯޓުނެގޭނެގޮތަށް ތަން ތައްޔާރު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ކުރެވޭކަން ކަށަވަރުކުރުން.

- ވޯޓުނެގުމަށް ބޭނުންވާ ލިޔެކިޔުންތައް ފަރުމާކޮށް، ތައްޔާރުކޮށް ވޯޓުނަގާ މަރުކަޒުތަކަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ކުރެވޭކަން ކަށަވަރުކުރުން.

- މާލެއާއި މާލޭގައި ބަހައްޓާ އަތޮޅުތަކުގެ ވޯޓުފޮށިތައް ބަހައްޓާ ތަންތަން ޢާންމުންނަށް ފަސޭހައިން އެނގޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ ވަސީލަތްތައް ތައްޔާރުކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ކުރެވޭކަން ކަށަވަރުކުރުން.

- ކޮންމެ އިންތިޚާބެއްގައިމެ، އެ އިންތިޚާބެއްގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބޭނުންވާ މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތެއް ވޯޓަރ އެޑިޔުކޭޝަން ސެކްޝަނާ ގުޅިގެން، ތައްޔާރުކޮށް ކެންޑިޑޭޓުންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ކުރެވޭކަން ކަށަވަރުކުރުން.

- ވޯޓުކަރުދާހުގެ ސްޓޮކް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ކުރެވޭކަން ކަށަވަރުކުރުން.

- އިންތިޚާބުގެ ވަގުތީ ނަތީޖާއާއި ރަސްމީ ނަތީޖާގެ އިޢުލާނު ތައްޔާރުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ކުރެވޭކަން ކަށަވަރުކުރުން.

- ވޯޓުނަގާ ނިމުމުން، ވޯޓުނެގުމަށް ބޭނުންކުރި ތަކެތި އަނބުރާ ގެނެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ތަކެތި ބަލައިގަނެ ނަތީޖާ ހަދާ ޓީމަށް ބޭނުންވާ ލިޔެކިޔުންތައް ރައްދުކުރުން އަދި ވޯޓުނެގުމަށް ބޭނުންކުރި ސެކިއުރިޓީ އުރަތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަންކަން ކުރެވޭކަން ކަށަވަރުކުރުން.

- އިންތިޚާބުތަކުގައި ބޭނުންކުރެވޭ ވޯޓުކަރުދާސް ރައްކާތެރިކަމާއެކު ނައްތާލެވޭނެ އިންތިޒާމު އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ކުރެވޭކަން ކަށަވަރުކުރުން.

- އިންތިޚާބުތަކަށް ކުރިމަތިލާ ފަރާތްތަކުގެ މަޢުލޫމާތު ރައްކާތެރިކަމާއިއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ކުރެވޭކަން ކަށަވަރުކުރުން.

- އިންތިޚާބުތަކުގައި ބައިވެރިވާ ކެންޑިޑޭޓުން ހުށަހަޅާ މަލީ ބަޔާންތައް ބަލައިގަނެ، ރިޕޯޓުތައް ދިރާސާކޮށް، ރައްކާތެރިކަމާއެކު ރިޕޯޓުތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ކުރެވޭކަން ކަށަވަރުކުރުން.

- އިންތިޚާބުތަކާއި، ބައި-އިލެކްޝަންތައް އަދި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގޭ ޢާންމު ވޯޓުތަކުގެ ރިޕޯޓު ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ވޯޓަރ އެޑިޔުކޭޝަން ސެކްޝަނާ ގުޅިގެން، ރިޕޯޓްތައް އެކުލަވާ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ކުރެވޭކަން ކަށަވަރުކުރުން.

- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ކުރެވޭކަން ކަށަވަރުކުރުން.

- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް،  ގެނެވޭ ބަދަލުތަކުގެ މަޢުލޫމާތު ޢާންމުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ކުރެވޭކަން ކަށަވަރުކުރުން.

- ކޮމިޝަނުގެ އަހަރީ ބަޖެޓް އެކުލަވައިލުމަށްޓަކައި، ކުރިއަށްއޮތް އަހަރު ސެކްޝަނުން ހިންގާނެ ހަރަކާތްތަކަށް ހިނގާނެ ޚަރަދު އަންދާޒާކޮށް ބަޖެޓް ތައްޔާރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ކުރެވޭކަން ކަށަވަރުކުރުން.

- އިންތިޚާބީ އޮފިޝަލުން ތަމްރީން ކުރުމާއި، ވޯޓަރ އެޑިޔުކޭޝަނާއި، ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމުތައް ހިންގުމުގައި އެހީތެރިވެދިނުން.

- ވޯޓުކަރުދާސް ޗެކްކޮށް، ބަންދުކޮށް، މަރުކަޒުތަކަށް ފޮނުވުން އަދި އިންތިޚާބާއި ގުޅިގެން ސެކްޝަނުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްކުރުން.

- މިނޫންވެސް ޑިވިޜަނުންނާއި، އޮފީހުން ކުރާ ބޮޑެތި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.

މަޤާމު:

ސީނިއަރ މީޑިއާ އޮފިސަރ – އެމް.އެސް 1 (ވަގުތީ)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:     

ކޮމިޝަނަރސް ބިއުރޯ (މީޑިއާ ޔުނިޓު)

މުސާރަ:

މަހަކު -/5610 (ފަސް ހާސް ހަސަތޭކަ ދިހައެއް) ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2000 (ދެހާސް) ރުފިޔާ

ޓެކްނިކަލް އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/170 (ސަތޭކަ ހަތްދިހަ) ރުފިޔާ

އިތުރުގަޑީގެ ފައިސާ:

ނުރަސްމީގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ؛
  2. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ؛
  3. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
  4. ދިވެހިބަހާއި، އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރުމުގެ ޤާބިލުކަން ހުރުން.
  5. އުމުރުން  35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  6. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  7. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

މަސްއޫލިއްޔަތު:

- ކޮމިޝަންގެ މީޑިއާ ކޮމިއުނިކޭޝަން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- އިންތިޚާބާ ގުޅިގެންނާއި އެހެނިހެން ގޮތްގޮތުން ކޮމިޝަނުން ނެރޭ ނޫސް ބަޔާންތައް ޑްރާފްޓްކޮށް ނޫސް ކޮންފަރެންސްތައް އިންތިޒާމުކުރުން.

- އިންތިޚާބާ ގުޅިގެންނާއި އެހެނިހެން ގޮތްގޮތުން ކޮމިޝަނުން ބާއްވާ އެކިއެކި އިވެންޓްތަކުގެ ކަވަރެޖް ހަދައި ބެލެހެއްޓުން.

- އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކާއި އެނޫންވެސް ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ މީޑިއާތައް އަދި އެނޫންވެސް ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުން.

- އިލެކްޝަންސް ކޮމިޝަނުގެ ސްޓޭކް ހޯލްޑަރުންނަށް އެންމެ ފުރިހަމަ ގޮތުގައި މަޢުލޫމާތު ދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި ކުރެވެމުން އަންނަ މުހިންމު މަސައްކަތްތަކާއި ކޮމިޝަނުން ބޭރުގައިވެސް ކޮމިޝަނާ ގުޅުންހުރި މަސައްކަތްތައް ކުރިއަށް ދާނަމަ މި ކަންކަމާ ބެހޭ މަޢުލޫމާތުތައް ހޯދައި މެންބަރުންނާ ހިއްސާކޮށް މީޑިޔާއަށް ދިނުން.

- މީޑިއާތަކުންނާއި އާންމު ފަރާތްތަކުން ކުރިމަތިކުރުވާ ސުވާލުތަކަށް ޖަވާބުދާރީވުން.

- މީޑިއާތަކުން ކޮމިޝަނާ ގުޅޭ ގޮތުން ގެނެސްދޭ ޚަބަރުތައް ދިރާސާކޮށް ކަމާގުޅޭ މަޢުލޫމާތު މެންބަރުންނާއި، ވެރިންނާއި ހިއްސާކުރުން.

- ކޮމިޝަނުން، މީޑިއާގައި އާންމުކުރަން ބޭނުންވާ އިއުލާންތައް އާންމުކުރުމާއި އެކަމާގުޅޭކަންކަން ބެލެހެއްޓުން.

-ކޮމިޝަނުގެ ވެބްސައިޓުގައި ހުންނަންޖެހޭ މަޢުލޫމާތު ސެކްޝަންތަކުން ހޯދައި، ކޮމިޝަންގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން

- ކޮމިޝަނުގެ ފޭސްބުކް އަދި ޓްވިޓަރ އެކައުންޓް އަޕްޑޭޓްކޮށް ބެލެހެއްޓުން

- އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ މީޑިއާ ޔުނިޓްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. (އިދާރީ މަސައްކަތްތައް)

- ޔުނިޓުގެ ބަޖެޓް ތައްޔާރު ކުރުން.

މަޤާމު:

ގްރެފިކްސް ޑިޒައިނަރ – އެމް.އެސް 1 (ވަގުތީ)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:     

ވޯޓަރސް އެންޑް ސިވިކް އެޑިޔުކޭޝަން ސެކްޝަން

މުސާރަ:

މަހަކު -/5610 (ފަސް ހާސް ހަސަތޭކަ ދިހައެއް) ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2000 (ދެހާސް) ރުފިޔާ

ޓެކްނިކަލް އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/170 (ސަތޭކަ ހަތްދިހަ) ރުފިޔާ

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ ލެވެލް 5 ގެ ސަނަދެއް) ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި މަދުވެގެން 01 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3- ކޮމްޕިޔުޓަރ ގްރެފިކްސް އެޕްލިކޭޝަންސް ބޭނުންކުރަން އެނގުން. (މިކަން ބެލުމަށްދެވޭ ޓެސްޓުން ކަނޑައެޅުފައިވާ މާރކްސްގެ ½ (ދެބައިކުޅައެއްބައި) ލިބޭފަރާތްތައް ޝަރުޠު ފުރިހަމަވާ ކަމުގައި ބެލެވޭނެއެވެ).

4- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން. (ޚާއްޞަކޮށް ތާނަ ޓައިޕުކުރަން އެނގުން)

5- ކޮރަލްޑްރޯއާއި ފޮޓޯޝޮފް ފަދަ ސޮފްޓްވެއަރގައި މަސައްކަތްކުރަން އެނގުން.

6- އުމުރުން 45 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

7- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެ މީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

8- ސިޔާސީ ޕާތީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެ އުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

- ފޮޓޯގްރެފީ، ވީޑިއޯގްރެފީ އަދި ކޮންޕިއުޓަރ އައިޑެޑް ޑިޒައިން ފަދަ މަޤާމާ ގުޅުންހުރި ހުނަރުތައް ބޭނުންކޮށްގެން ޕްރެޒެންޓޭޝަން ތައްޔާރު ކުރުން.

- އިންފޯގްރެފިކްސްއާއި ވީޑިއޯ ސްޕޮޓް ކްރިއޭޝަންގެ ތަޖުރިބާ ބޭނުންކޮށްގެން ކޮމިޝަނުން ޙަވާލުކުރާ ތަކެތި ތައްޔާރުކުރުން/ ސްޕޮޓްތަކުގެ ސްކްރިޕްޓް ތައްޔާރުކުރުން.

- ޑިޒައިން ސޮފްޓްވެއަރތައް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން. (އެޑޯބް އިލުސްޓޭޓަރ، ފޮޓޯޝޮޕް، އިން ޑިޒައިން ފަދަ ސޮފްޓްވެއަރ)

- އުފެއްދުންތެރި ޚިޔާލުގެ އަލީގައި ގްރެފިކްސް އާއި ލިޔެކިޔުންތައް ތައްޔާރު ކުރުން.

މަޤާމު:

އޮފިސަރ – ޖީ.އެސް 3 (ވަގުތީ)

ބޭނުންވާ ޢަދަދު:

02  (ދޭއް)

ސެކްޝަން:

ހިއުމަން ރިސޯސް އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެކްޝަން

މުސާރަ:

މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާ

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/155 (ސަތޭކަ ފަންސާސް ފަހެއް) ރުފިޔާ

އިތުރުގަޑީގެ ފައިސާ:

ނުރަސްމީގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަތުތަކުގެ އޮނިގަނޑުގެ ލެވެލްގެ 4 ނުވަތަ 5 ގެ ސަނަދެއް ޙަސިލްކޮށްފައިވުން، ނުވަތަ؛

2- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ؛

3- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

4- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

5- އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

6- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

މަސްއޫލިއްޔަތު:

- އިންތިޚާބަށް ކޮމިޝަނަށް ނަގާ ވަގުތީ މުވައްޒަފުންނާއި އޮފިޝަލުން ނެގުމުގެ އެންމެހާ އިދާރީ މަސައްކަތެއް ކުރުން.

- މުވައްޒަފުންގެ އިންޑަކްޝަން އަދި ތަމްރީނު ޕްރޮގުރާމްތައް ހިންގުމުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.

- ސެކްޝަންގެ އެންމެހާ އިދާރީ މަސައްކަތްތައް ވެރިންގެ އިރުޝާދުގެ ދަށުން ކުރުން.

މަޤާމު:

އޮފިސަރ – ޖީ.އެސް 3 (ވަގުތީ)

ބޭނުންވާ ޢަދަދު:

02  (ދޭއް)

ސެކްޝަން:

ވޯޓަރސް އެންޑް ސިވިކް އެޑިޔުކޭޝަން ސެކްޝަން

މުސާރަ:

މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާ

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/155 (ސަތޭކަ ފަންސާސް ފަހެއް) ރުފިޔާ

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަތުތަކުގެ އޮނިގަނޑުގެ ލެވެލްގެ 4 ނުވަތަ 5 ގެ ސަނަދެއް ޙަސިލްކޮށްފައިވުން، ނުވަތަ؛

2- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ

3- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

4- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

5- އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

6- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

މަސްއޫލިއްޔަތު:

- ސިވިކް އެޑިޔުކޭޝަނާއި ވޯޓަރ އެޑިޔުކޭޝަން ޕްރޮގްރާމްތައް ހިންގުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

- އިންތިޚާބުގެ ޓްރެއިނިންގއަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން.

- ޓްރެއިނިންގ ވީޑިޔޯގެ ސްކްރިޕްޓް ތައްޔާރުކުރުން

- ސްޕޮޓްތަކުގެ ސްކްރިޕްޓް ތައްޔާރުކުރުން

- އޮބްޒަރވަރުން، މޮނިޓަރުން ކެންޑިޑޭޓުން އަދި އޮފިޝަލުންގެ އަތްމަތީ ފޮތް ތައްޔާރުކުރުން.

- އޮފިޝަލުންގެ ޓްރެއިނިންގއަށް ބޭނުންވާ ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.

- ސެކްޝަންގެ އިދާރީ މަސައްކަތްތައް ކުރުން.

މަޤާމު:

އޮފިސަރ – ޖީ.އެސް 3 (ވަގުތީ)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން:

އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާ

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/155 (ސަތޭކަ ފަންސާސް ފަހެއް) ރުފިޔާ

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ

2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

3- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

4- އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

5- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

މަސްއޫލިއްޔަތު:

- އިންތިޚާބުތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

- ވޯޓުލާ ސަރަޙައްދު ބައިކުރުމަށް ނިންމާ ރަށްރަށުގެ ސަރަޙައްދު ބައިކުރުމާ ގުޅޭގޮތުން އެ ރަށްރަށަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ސަރަޙައްދު ބައިކުރެވޭ ގޮތުގެ ޗާޓުތައް އެ ރަށްރަށުން ގެނައުމުގެ މަސައްކަތް ކުރުން.

- ވޯޓުފޮށި ބެހެއްޓުމަށް ނިންމާ ތަންތަނުގައި ވޯޓުފޮށި ބެހެއްޓުމުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރުން.

- އަތޮޅުތެރޭގެ ރަށްރަށުގައި ހުރި ވޯޓިންގ ބޫތުތަކުގެ ހާލަތު ވަޒަން ކުރުން.

- ސެކްޝަންގެ އިދާރީ މަސައްކަތްކުރުން.

އެހެނިހެން

މި މަޤާމުގައި ކުރަންޖެހޭ މަސައްކަތްތަކަކީ ތަންތަނަށް ގޮސް، ތަންތަނަށް ދުއްވައިގެން މަޢުލޫމާތު އެއްކޮށްގެން ކުރަންޖެހޭ މަސައްކަތްތަކަށްވާތީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމު:

ރިސެޕްޝަނިސްޓް - ޖީ.އެސް 3 (ވަގުތީ)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާ

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/155 (ސަތޭކަ ފަންސާސް ފަހެއް) ރުފިޔާ

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (1 އަހަރުގެ މުއްދަތަށް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ

2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

3- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

4- އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

5- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

މަސްއޫލިއްޔަތު:

- އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ރިސެޕްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބު ދިނުން.

- އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް އަންނަ ތަކެތި ބަލައިގަނެ އެންޓްރީކޮށް ފޮނުވަންޖެހޭ ސެކްޝަންތަކަށް ފޮނުވުން.

- ކޮމިޝަނުގެ އިދާރާއިން ބޭރަށް ފޮނުވަންޖެހޭ ސިޓީ/ލިޔުން އަދި އެހެނިހެން ތަކެތި ފޮނުވުން.

- ރިސެޕްޝަނަށް ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި އަދަބުވެރިކަމާއެކު މުއާމަލާތް ކުރުމާއި މެހެމާންދާރީ އަދާކުރުން.

މަޤާމު:

މަސައްކަތު (ފިރިހެން) – އެސް.އެސް 3 (ވަގުތީ)

ބޭނުންވާ ޢަދަދު:

02  (ދޭއް)

ސެކްޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/3875 (ތިން ހާސް އަށްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1000 (އެއްހާސް) ރުފިޔާ

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/115 (ސަތޭކަ ފަނަރަ) ރުފިޔާ

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (8 މަސް ދުވަސް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ލިޔަންކިޔަން ދަތުން.

2- އުމުރުން 45 އަހަރުން މަތީގެ މީހަކު ކަމުގައިނުވުން.

3- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން

4- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

- ތަކެތި ގުދަންކުރުމާއި، އެއްތަނުން އަނެއް ތަނަށް އުފުލަންޖެހޭ ތަކެތި އުފުލުން.

- ކޮމިޝަނުގެ އިމާރާތްތައް ފޮޅައި ސާފުކުރުން.

- ކޮމިޝަންގެ އިދާރާއިން އެހެން ތަންތަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި ގެނައުން.

- ކޮމިޝަންގެ އެކި ސެކްޝަންތަކަށް ބޭނުންވާ ލޮޖިސްޓިކްސް ސަޕޯޓު ދިނުން.

މަޤާމު:

ޑްރައިވަރ – އެސް.އެސް 3 (ވަގުތީ)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/3875 (ތިން ހާސް އަށްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1000 (އެއްހާސް) ރުފިޔާ

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/115 (ސަތޭކަ ފަނަރަ) ރުފިޔާ

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް (1 އަހަރު ދުވަސް) – ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1 ލިޔަންކިޔަން ދަތުން.

2 ގްރޭޑް 7 ގެ ފެންވަރު ހުރުން (ގުރޭޑް 7 ނިންމާފައިވުން).

3 މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރައްވާ B1 ކެޓަގެރީގެ ލައިސަންސް ހާސިލުކޮށްފައިވުމާއެކު، ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

4 އުމުރުން 45 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން.

5 ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

6 ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

- ކޮމިޝަންގެ ވެހިކަލްތައް ދުއްވުމާއި ވެހިކަލް ސާފުކޮށް ބެލެހެއްޓުން.

- ހަވާލުކުރެވޭ އެހެނިހެން އޮފީސް މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ. (ޖީ.އެސް 1 އިން ފެށިގެން މަތި)

- ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (ޖީ.އެސް 1 އިން ފެށިގެން މަތި)

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.  

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު:

ޢިއުލާންކޮށްފައިވާ މަޤާމުތަކަށް ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ.
  • މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

12 ޛުލްޤަޢިދާ 1437

އައި.ޓީ ސެކިއުރިޓީ ކޮންސަލްޓެންޓް (އީ.އެކްސް 1) ގެ މަޤާމަށް މީހުން ހޮވުމުގައި ބަލާ މިންގަނޑު

ބައިތައް

މާރކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތުގެ ތަޖުރިބާ

15

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

10

ޖުމުލަ

100

މެނޭޖަރ (އެމް.އެސް 3) ގެ މަޤާމަށް މީހުން ހޮވުމުގައި ބަލާ މިންގަނޑު

ތަފުސީލު

މާކްސް

ތަޢުލީމު

40 މާކްސް

މަސައްކަތުގެ ތަޖުރިބާ

15 މާކްސް

އިންޓަރވިޔު

35 މާކްސް

ޚާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

 

100 މާކްސް

ސީނިއަރ މީޑިއާ އޮފިސަރ (އެމް.އެސް 1) ގެ މަޤާމަށް މީހުން ހޮވުމުގައި ބަލާ މިންގަނޑު

ތަފުސީލު

މާކްސް

ތަޢުލީމު

40 މާކްސް

މަސައްކަތުގެ ތަޖުރިބާ

15 މާކްސް

އިންޓަރވިޔު

35 މާކްސް

ޚާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

 

100 މާކްސް

ގްރެފިކްސް ޑިޒައިނަރ – އެމް.އެސް 1 ގެ މަޤާމަށް މީހުން ހޮވުމުގައި ބަލާ މިންގަނޑު

ބައިތައް

މާރކްސް

ހުނަރާއި ޤާބިލްކަން ސާބިތުކޮށް ދިނުމަށް ދެވޭ އެސެސްމަންޓް (ޝަރުޠުގައި ބަޔާންކުރާ ކަންކަން ދެނެގަތުމަށް)

30

ތަޢުލީމާއި ތަމްރީނު (ސެޓުފިކެޓު ތަކަށް)

15

މަސައްކަތުގެ ތަޖުރިބާ (އާއްމު)

10

މަސައްކަތުގެ ތަޖުރިބާ (އިންތިޚާބު)

5

އިންޓަވިޔު

40

ޖުމުލަ

100

އޮފިސަރ/ ރިސެޕްޝަނިސްޓް (ޖީ.އެސް 3) ގެ މަޤާމަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ތަފުސީލު

މާކްސް

ތަޢުލީމު

40 މާކްސް

މަސައްކަތުގެ ތަޖުރިބާ

10 މާކްސް

އިންޓަރވިޔު

35 މާކްސް

ޚާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

15 މާކްސް

 

100 މާކްސް

މަސައްކަތު/ ޑްރައިވަރ (އެސް.އެސް 3) ގެ މަޤާމަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީން

15

މަސައްކަތު ތަޖުރިބާ

35

އިންޓަރވިޔު

50

ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭ ގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާރކްސްއަށް ބެލުމަށްފަހު ލިބޭ މާރކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • މަސައްކަތު ތަޖުރިބާ ބެލުމަށް މާކްސް ދެވޭނީ، ކަމާ ގުޅޭ ދާއިރާއިން ސެޓުފިކެޓު ހާސިލުކުރުމަށްފަހު ހޯދާފައިވާ ތަޖުރިބާއަށެވެ.

މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކު)

17 އޮގަސްޓް 2016
ހޯދާ