މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން
ދިވެހިރާއްޖެ
މަދަރުސާގެ ގޭޓް ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

މަދަރުސާގެ ގޭޓު ހަދައިދޭނެ ފަރާތެއް ހޯދުން

މި މަދަރުސާގެ ދަރިވަރުންގެ ގޭޓާއިަ ސެކިއުރިޓީ ގޭޓާއި، ސްޓާފް ގޭޓާއި، ސެކިއުރިޓީ ޕޯސްޓް އަދި ފާރުމަތީ ފެންސް ހަދައިދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހު 10.00 އަށް މި މަދަރުސާގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހު 10.00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ ވާހަކަ ދެންނެވީމެވެ.

18 އޮގަސްޓް 2016
ހޯދާ