ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ލީގަލް އޮފިސަރ

ރޭންކް:

އޭ. ޖީ. އެލް 3

ކްލެސިފިކޭޝަން:

ލީގަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

އެމްޕްލޮއީ ރިލޭޝަންސް

މުސާރަ:

މަހަކު -/8910 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2500 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 50/3118 ރުފިޔާ (އަސާސީ މުސާރައިގެ 35%)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

 

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ޤާނޫނާ ގަވާއިދާ ޚިލާފުކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިގެން އެފަދަ މައްސަލައެއް އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއަށް ހުށަހަޅައި، އެ މުވައްޒަފަކު ހިތްހަމަޖެހޭ ނަތީޖާ ހާސިލުނުވެގެން، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ރިޕޯޓުތައް ބަލައި ދިރާސާކޮށް، ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  2. ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  3. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޤާނޫނީ ލަފާ ބޭނުންވާ ހިނދެއްގައި ޤާނޫނީ ލަފާދިނުން.
  4. މުވައްޒަފާ ހަވާލުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގައި ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައިނުވާ މައްސަލަތަކާއި، ސީދާ ކޮމިޝަނަށް ހުށަހަޅައިގެން ނިންމަންޖެހޭ އެންމެހައި މައްސަލަތަކުގައި މުވައްޒަފު ހުށަހަޅާ ހައްލުތަކަށް ގޮތެއް ނިންމުމަށް ކޮމިޝަނަށް ހުށަހެޅުން.
  5. ހަވާލުކުރެވިފައިވާ ދާއިރާތަކުގެ މުވައްޒަފުން ހުށަހަޅާ މައްސަލަތައް، އެ ދާއިރާއެއްގެ ޕަރމަނަންޓް ސެކްރެޓަރީ މައްސަލަ ބެލުމަށްފަހު މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބު ދިނުމަށް ޕަރމަނަންޓް ސެކްރެޓަރީއަށް ސިޓީ ފޮނުވުމާއި، ހަވާލުވެފައިވާ ދާއިރާތަކުގެ މުވައްޒަފުން އިލްތިމާސްކުރުމަށް ހުށަހަޅާ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން.
  6. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް އެކުލަވައިލަންޖެހޭ ޑްރާފްޓްތައް އެކުލަވައިލުމާއި، އެކަމާގުޅޭ އެންމެހައި މަސްއޫލިއްޔަތެއް އަދާކުރުން.
  7. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި، އަދި އެނޫންވެސް ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ކޮމިޝަނުގެ މަޤްޞަދު ހާސިލުކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  8. ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭ ދައުވާކުރުމާއި، ދަޢުވާ ބަލައިގަތުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  9. ޝަރުޢީ ކޯޓުތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  10. ޙަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  11. ސެކްޝަނުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  12. ކޮމިޝަނުގެ އަދި ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  13. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 އޮގަސްޓު 29 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގޭ 12 ވަނަ ފަންގިފިލާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)

ނޯޓު: ޕްރެޒެންޓޭޝަންގައި ދެވޭ ސިނާރިއޯތަކަކަށް ޤާނޫނީގޮތުން ބަލައި، ހުށަހެޅުމެއް ހުށަހަޅަން ޖެހޭނެއެވެ.)

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2016 އޮގަސްޓު 30 އާއި 2016 ސެޕްޓެންބަރު 04 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

14 ޛުލްޤަޢިދާ 1437

 

 

17 އޮގަސްޓް 2016
ހޯދާ