ކެޔޮދޫ ސްކޫލް
ދިވެހިރާއްޖެ
ފޯން ނެޓްވާރކް އަޅައި، ފިންގަރޕުރިންޓް މެޝިން ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް.

އިޢުލާން

މި ސްކޫލުގެ ފޯން ނެޓްވާރކް އަޅައި، ފިންގަރޕުރިންޓް މެޝިން ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް.

މި ސްކޫލުގައި ފޯން ނެޓްވާރކް އަޅައި، ފިންގަރޕުރިންޓް މެޝިނެއް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު GS70/2016/15 ނަންބަރު އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުގައި ފޯން ނެޓްވާރކް އަޅައި، ފިންގަރޕުރިންޓް މެޝިނެއް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 23 ވާ އަންގާރަ ދުވަހުގެ 11:00އަށް

2016 އޮގަސްޓު 29 ވާ ހޯމަ ދުވަހުގެ 13:00 އަށް

އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ސްކޫލުގެ ނަންބަރު 6700804 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

14 ޛުލްޤަޢިދާ 1437

17 އޮގަސްޓް 2016
ހޯދާ