މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކުރަން ބޭނުންވެއްޖެ

އިޢުލާން

މި އޮފީހުގެ ޕާރމިޓްސް އެންޑް ފޮރިން އެމްޕްލޯއިމަންޓް ޑިވިޜަން ހިންގަމުން އަންނަ ހުރަވީ ބިލްޑިންގގެ 2 ވަނަ ފަންގިފިލާގައި 5 ކައުންޓަރު ޖަހައި، 3 ކެބިން އޮފީސް ސެޓްއަޕް ހެދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 22 ވާ ހޯމަ ދުވަހުގެ 14:00 އަށް މި އޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގ 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި އޮފީހަށް (ހުރަވީ ބިލްޑިންގ 2 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

17 އޮގަސްޓް 2016
ހޯދާ