ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ޕާޓިޝަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުގެ ނަންބަރު: GS168/IUL/2016/035 އިޢުލާނާ ގުޅިގެން އެ މަސައްކަތަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް، ތިރީގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ސްކޫލް އޮފީހުގެ ޕާޓިޝަން މަރާމާތުކޮށްދިނުން.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ދިއްގަރު ސްކޫލުގެ އޮފީސް

25 އޮގަސްޓު 2016

ބުރާސްފަތި

13:00

އަންދާސީހިސާބު ހުށަހެޅުން

ދިއްގަރު ސްކޫލުގެ އޮފީސް

30 އޮގަސްޓު 2016

އަންގާރަ

13:00

ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ދުރުވާނަމަ، އެ ކުންފުންޏެއް ނުވަތަ އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

13 ޛުލްޤަޢިދާ 1437

16 އޮގަސްޓް 2016
ހޯދާ