މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ޑޯރ އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ހޯދުމަށް

މަސައްކަތް

ޑޯރއެކްސެސް ކޮންޓްރޯލް ސިސްޓަމެއް ހޯދުމަށް އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީއަށް ޑޯރ އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ހޯދައި ހަރުކޮށްދޭނެ ފަރާތެއް، ބޭނުންވެގެން 2016 އޮގަސްޓު 7 ވަނަ ދުވަހު ކުރެވުނު ނަމްބަރު: (IUL)25-A2/1/2016/15 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ ތިން ފަރާތަށްވުރެ މަދުންކަމުގައިވާތީ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. 

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 22 ވާ ހޯމަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓުކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 28 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.  

18 އޮގަސްޓް 2016
ހޯދާ