ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން

އިޢުލާން

ކޮޅުމަޑުލު ގާދިއްފުށީ ''ހުދުއަސުރުމާގެ'' ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއާބެހޭ

ކޮޅުމަޑުލު ގާދިއްފުށީ ހުދުއަސުރުމާގޭ ޢަލީ ޢަބްދުލްވައްހާބު، ޢަބްދުއްޝަކޫރު ޢަބްދުލްވައްހާބު، ޢާބިދާ ޢަބްދުލްވައްޚާބު، ޢަފީފާ ޢަބްދުލްވައްހާބު، ޝާދިޔާ ޢަބްދުލްވައްހާބުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ރ. ނަންބަރު 56 ''ހުދުއަސުރުމާގެ'' ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އެގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހައްދަވައިދެއްވުމަށް އެދި މި އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

ވީމާ، މި ރަޖިސްޓަރީއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ 2016 އޮގަސްޓު 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

13 ޛުލްޤަޢިދާ 1437

16 އޮގަސްޓް 2016
ހޯދާ