ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'ތިލަދެކުނުގެ ޝަރަފުވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ' އާ ބެހޭ

އިޢުލާން

ހދ.އަތޮޅަށް ދިގުމުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފުވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، އަތޮޅަށް އަގުހުރި، ފާހަގަކޮށްލެވޭފަދަ ޚިދުމަތްތައް ތަފާތު އެކި ދާއިރާތަކުން ކޮށްދެމުންދާ ފަރާތްތަކާއި، އަދި 2015 ވަނަ އަހަރު ހދ.އަތޮޅަށް ފަޚުރުވެރި ވަނަތައް ހޯދައިދީފައިވާ ފަރާތްތަކާއި، އަތޮޅަށް އެންމެ ހިންގުންތެރި ކައުންސިލްތަކާއި، ސްކޫލް މަދަރުސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ކުލަބު ޖަމްޢިއްޔާތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ހދ.އަތޮޅުން ބާއްވާ "ތިލަދެކުނުގެ ޝަރަފުވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ" ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ބާއްވާގޮތަށް ހދ.އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.

މިގޮތުން މިއަހަރު އިނާމު ދިނުމަށް ކަނޑައެޅިފައިވާ މައިގަނޑު ދާއިރާތައް ތިރީގައި މިވަނީއެވެ.

އިނާމު ދިނުމަށް ކަނޑައަޅާ ދާއިރާތައް

  1. ޝަރަފުވެރިކަމުގެ އިނާމު
  2. ހިތްވަރުދިނުމުގެ އިނާމު
  3. ކައުންސިލުން ދޭ ޚާއްޞަ އިނާމު
  4. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އިނާމު
  5. ހިންގުންތެރިކަމުގެ އިނާމު

ވީމާ، ތިލަދެކުނުގެ ޝަރަފުވެރިކަމުގެ އިނާމުދިނުމުގެ އުސޫލާ އެއްގޮތްވާގޮތުގެ މަތިން އިނާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަންފޯމު ފުރިހަމަކުރައްވާ ހދ.އަތޮޅު ކައުންސިލް އިދާރާއަށް ނުވަތަ އެރަށެއްގެ ރަށުކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6521126 އާ ގުޅުއްވުން އެދެމެވެ.

އެޕްލިކޭޝަންފޯމު ހދ.އަތޮޅު ކައުންސިލް އިދާރާއިންނާއި، ހދ.އަތޮޅު ރަށްރަށު ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016
ހޯދާ