މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމާބެހޭ

އިޢުލާން

މި އޮތޯރިޓީގެ އިޢުލާން ނަންބަރު IUL/182-FCD/2015/30 އަށް ހަވާލާދީ ދަންނަވަމެވެ.

"ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައި ބަޔާންވެފައިވާ އުފެއްދުންތައް ރަޖިސްޓަރީނުކޮށް ރާއްޖެއަށް އިމްޕޯޓްކުރުމުގެ އެންމެ ފަހު ތާރީޚަކީ، 1 ޖަނަވަރީ 2016 މި ތާރީޚު ކަމަށް ކަނޑައަޅައި ހަވާލާދީފައިވާ އިޢުލާން ވާނީ އާންމުކޮށްފައެވެ. މިގޮތުން 5 ޖަނަވަރީ 2016 މި ތާރީޚުން ފެށިގެން ރަޖިސްޓަރީ ނުކޮށް ރާއްޖެއަށް އިމްޕޯޓް ކުރާ މިފަދަ ތަކެތި ޕޯޓް އޮފް އެންޓްރީގައި ބަލަން ފަށައި، ގަވާއިދު ވަނީ ތަންފީޒުކުރަން ފަށާފައެވެ. އަދި މި ގަވާއިދު ތަންފީޒު ކުރުމުގެ ދެވަނަ މަރުޙަލާ ފެށުމަށްޓަކައި، 5 ޖަނަވަރީ 2016 މި ތާރީޚުގެ ކުރިން ރާއްޖެއަށް އެތެރެކޮށްފައިވާ މިހާރު މާކެޓުގައި ހުރި، ރަޖިސްޓަރީނުކުރާ މިފަދަ ބާވަތްތައް ބާޒާރުން ހުސްކުރުމުގެ އެންމެ ފަހު ތާރީޚަކީ 16 ޖަނަވަރީ 2017 ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ވީމާ، މި ތާރީޚުން ފެށިގެން މި ގަވާއިދުގައި ބަޔާންވެފައިވާ އުފެއްދުންތައް ރަޖިސްޓަރީނުކޮށް، ދިވެހިބަހުން ލޭބަލް ނެތި ވިއްކަން ބެހެއްޓުމާއި، ވިއްކުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. އަދި މިހާރު ސްޓޮކުގައި ހުރި ރަޖިސްޓަރީ ނުކުރާ ބާވަތްތައް މި ތާރީޚަށްފަހު ހުސްނުކުރެވޭނެ ކަމަށް ފެންނަނަމަ އެ ތަކެއްޗާމެދު ގޮތެއް ނިންމުމަށް، އެ ތަކެއްޗާބެހޭ މަޢުލޫމާތު 30 ސެޕްޓެންބަރު 2016 މި ތާރީޚުގެ ކުރިން، އެ ތަކެތި އިމްޕޯޓުކުރާ ނުވަތަ ވިއްކާ ފަރާތްތަކުން މި އޮތޯރިޓީއާ ހިއްސާ ކުރެއްވުމަށް ވެސް ދެންނެވީމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3014305 / 3014303 ފޯނަށް ގުޅުއްވުން އެދެމެވެ.

11 ޛުލްޤަޢިދާ 1437

17 އޮގަސްޓް 2016
ހޯދާ