ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ލަވަ ހެދުމާއި، ލަވަ ރެކޯޑުކޮށްދޭނެ ފަރާތެއް ހޯދުން

މި އޮތޯރިޓީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުވުމުގެ ކެމްޕެއިނަކަށް ތިރީގައިވާ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، (IUL)450-CA/1/2016/22 އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.        

  • ލަވައިގެ ޅެން ހެދުމާއި، ރާގު ތައްޔާރުކުރުން.
  • ލަވަކިޔުމާއި ރެކޯޑުކޮށްދިނުން.
  • ލަވައިގެ ވީޑިއޯ ތައްޔާރުކުރުން.   

ތަފުސީލު

ތާރީޚު

ވަގުތު

ތަން

މައުލޫމާތު ސާފުކުރުން   

23 އޮގަސްޓު 2016 (އަންގާރަ)

13:00

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. ފުލިދޫގެ، 2 ވަނަ ފަންގިފިލާ)

އަންދާސީހިސާބު ބަލައިގަތުން

25 އޮގަސްޓު 2016  (ބުރާސްފަތި) 

13:30

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. ފުލިދޫގެ، 2 ވަނަ ފަންގިފިލާ)

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016
ހޯދާ