ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ACCA ސްކިލްސް ލެވެލްް , ACCA ނޮލެޖް ލެވެލް

އިޢުލާން

ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި 2016 އޮގަސްޓު 28 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 2016 އޮގަސްޓު 17 ވާ ބުދަދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

1.  ACCA ނޮލެޖް ލެވެލް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:  މާލެ ، ސ. ހިތަދޫ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

އުމުރުން 18 އަހަރު ފުރިފައިވުމާއެކު ތިރީގައި މިވާ ޝަރުޠުތަކުގެ ތެރެއިން ކޮންމެވެސް އެއް ޝަރުޠެއް ފުރިހަމަ ވެފައިވުން؛

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއާއި ޖީ.ސީ.އީ. އޯލެވެލް 3 މާއްދާއިން (އިނގިރޭސި ހިމެނޭގޮތަށް ތަފާތު 5 މާއްދާއިން) ފާސްވެފައިވުން. ނުވަތަ އެއާ އެއް ފެންވަރު ހުރުން.

ށ. އޭ.އޭ.ޓީ. އިންޓަރނޭޝަނަލް އެވޯޑް އިން އެކައުންޓެންސީ ޓްރޭނިންގ ފުރިހަމަކޮށްފައިވުން،

ނ. އެމް.އެން.ކިއު.އެފް. އިން ޤަބޫލުކުރާ މަރުކަޒަކުން ޑިގްރީއެއް، ބިޒްނަސް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން،

ރ. އޭ.ސީ.ސީ.އޭ. ޕްރޮފެޝަނަލް ކޮލިފިކޭޝަންގައި ރަޖިސްޓަރީ ވެފައިވުން

ނޯޓް: އޭ.ސީ.ސީ. އޭގައި ރަޖިސްޓަރީވުމަކީ ދަރިވަރުގެ ޒިންމާއެކެވެ.

 

2. ACCA ސްކިލްސް ލެވެލްް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 30 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:  މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

އޭ.ސީ.ސީ.އޭ. ޕްރޮފެޝަނަލް ކޮލިފިކޭޝަންގައި ރަޖިސްޓަރީ ވެފައިވުން

ނޯޓް: މި ކޯހުގައި ދަރިވަރުން ރަޖިސްޓަރީކުރުމަށް ހަމަޖެހިފައިވަނީ ވަކިވަކި ކަރުދާހުގައެވެ.

15 އޮގަސްޓް 2016
ހޯދާ