މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ކޮންސްޓްރަކްޝަން މެއިންޓެނަންސް  

ޝަރުޠު: - ޖީ.ސީ.އީ އޯލެވަލްގެ 3 މާއްދާއިން ދަށްވެގެން 'ސީ' ފާސް އިނގިރޭސި އަދި ދިވެއްސާއެކު ލިބިފައިވުން.

  • ކޮމްޕިއުޓަރުން މައިކްރޮސޮފްޓް އޮފީސް ބޭނުންކުރަން އެނގުން.

  • ދިވެހިބަހުން އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު ލިޔެކިޔަން އެނގުން.

    އުމުރު: 18 އަހަރާއި 25 އަހަރާ ދެމެދު.

    ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އިދާރީ އެންމެހާ މަސައްކަތްތައް ކުރުން.

  • މަސައްކަތަށް އެދޭ ފޯމު އެހެން ސެކްޝަންތަކަށް ފޮނުވުން.  

  • ސެކްޝަންގެ މުވައްޒަފުންނާ ގުޅޭ ކަންކަން ކުރުން.  
މަޤާމް :އެސިސްޓެންޓް މެކޭނިކް
ބޭނުންވާ އަދަދު :2

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ މެކޭނިކަލް ސަރވިސަސް   

ޝަރުޠު: - ޖީ.ސީ.އީ އޯލެވަލްގެ ފުރިހަމަކޮށްފައިވުން.

  • ދާއިރާއާ ގުޅޭ ރޮނގަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ފެންވަރުގެ ސެޓުފިކެޓެއް ލިބިފައިވުން.

  • ޞިއްޙަތު ރަނގަޅު ޑިއުޓީ އުސޫލުން މަސައްކަތްކުރެވޭ ފަރާތެއް ކަމުގައިވުން.  

    އުމުރު: 18 އަހަރާއި 30 އަހަރާ ދެމެދު.

    ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އުޅަނދުފަހަރު މަރާމާތުގެ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވުން.

  • މަސައްކަތްކުރާ ސަރަޙައްދު ސާފުތާހިރުކޮށް ބޭއްވުމުގައި އެހީތެރިވުން.   

  • އެކުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.   

މަޤާމް :އެސިސްޓެންޓް އޮފިސަރ، ރޭމްޕް ސަރވިސަސް
ބޭނުންވާ އަދަދު :2

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ރޭމްޕް ސަރވިސަސް

ޝަރުޠު:  - ޖީ.ސީ.އީ އޯލެވަލްގެ 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް އިނގިރޭސިއާއެކު ލިބިފައިވުން.

  • އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.

  • ޞިއްޙަތު ރަނގަޅު ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

    އުމުރު: 20 އަހަރާއި 35 އަހަރާ ދެމެދު.

    ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
  • ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަށް މަތިންދާބޯޓުތައް ސުޕަވައިޒްކުރުން.

  • ސެކްޝަނުގެ ވެހިކަލްތަކުގެ ޙާލަތު ބަލައި އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

  • އިންވޮއިސް ހެދުމާއި، ލީސް ނޯޓު ތައްޔާރުކުރުން.

މަޤާމް :އިކިއުޕްމަންޓް އޮޕަރޭޓަރ
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ރޭމްޕް ސަރވިސަސް

ޝަރުޠު:  - ގްރޭޑް 10 ގެ ފެންވަރު ހުރުން.

  • B1 އަދި C1 ކެޓަގަރީ ނުވަތަ އެއަށްވުރެ މަތީގެ ޑްރައިވިންގ ލައިސަންސެއް އޮތުން.

  • ޞިއްޙަތު ރަނގަޅު ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

    އުމުރު: 20 އަހަރާއި 40 އަހަރާ ދެމެދު.

    ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބެގޭޖް ޓްރެކްޓަރ ދުއްވުމާއި، މަތިންދާބޯޓަށް އަރުވާ އަދި ބާލާ ލަގެޖް ނުވަތަ ކާގޯ އުފުލުން.

  • މަތިންދާ ބޯޓަށް ހައިލޯޑަރު އަދި ކޮންވެޔަރ ބެލްޓުގެ ޚިދުމަތްދިނުން.

  • މަތިންދާ ބޯޓަށް ސިޑި ގެންގޮސް ގެނެސްދިނުން.

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

14 އޮގަސްޓް 2016
ހޯދާ