ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ކޮންސަލްޓެންޓް ފޮރ އިންގްލިޝް ސަރވިސަސް

މަޤާމް :ކޮންސަލްޓެންޓް ފޮރ އިންގްލިޝް ސަރވިސަސް
ބޭނުންވާ އަދަދު :1

ޕަބްލިކް ސަރވިސް މީޑީއާ (ޕީ.އެސް.އެމް) އިންގްލިޝް ލޭންގްއޭޖް ކޮންސަލްޓެންޓަކު ހޯދުން

މި ކުންފުނީގެ ފަރާތުން އިނގިރޭސިބަހުން ދޭ މީޑިއާގެ ޚިދުމަތްތައް، އިނގިރޭސިބަހުގެ ގޮތުން އެކަށީގެންވާ ފެންވަރެއްގައި ގެނެސްދިނުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދީ، ފަންނީގޮތުން އެހީތެރިވެދެއްވާނެ ކޮންސަލްޓެންޓް ފޮރ އިންގްލިޝް ސަރވިސަސް ހޯދަން ބޭނުންވެއެވެ.

ޓައިޓަލް

ކޮންސަލްޓެންޓް ފޮރ އިންގްލިޝް ސަރވިސަސް

ބޭނުންވާ އަދަދު:

2

މަޤާމުގެ ބާވަތް

1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

މަސައްކުރަންޖެހޭ ތަން

ރޭޑިއޯ ބިލްޑިންގ އަދި ޓީވީ ބިލްޑިންގ

ފެންވަރު ނުވަތަ ޝަރުޠު:

ދަށްވެގެން އިނގިރޭސިބަހުން ޑިގްރީއެއް އޮތް ނުވަތަ އިނގިރޭސިބަސް ދިރާސާކުރެއްވުމާއި ކިޔަވައިދެއްވުމާއި ބަހުގެ ހަމަތަކުގެ މަޢުލޫމާތު ފެތުރުއްވުމުގެ ރޮނގުން މަދުވެގެން 15 އަހަރުދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވުން.  

މައިގަނޑު މަސްއޫލިއްޔަތު:

  1. ޗެނަލްތަކުގެ ޚަބަރާއި ޕްރޮގްރާމްތައް އުފައްދާ ފަރާތްތަކަށާއި ހުށަހަޅާ ފަރާތްތަކަށް ކަމާގުޅޭގޮތުން ބޭނުންވާ ތަމްރީނާއި ލަފައާއި އިރުޝާދު ދެއްވުން؛
  2. ޗެނަލްތަކުގެ ޚަބަރާއި ޕްރޮގްރާމްތައް އެއަރކުރުމުގެ ކުރިން ބެއްލެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި މިންވަރަކުން ޗެކްކުރައްވައި، ބަހުގެ ހަމަތަކަށް ފެއްތެވުން؛  
  3. ޕީ.އެސް.އެމް.ގެ ޗެނަލްތަކުން ތައްޔާރުކުރާ އިނގިރޭސިބަހުގެ ޕްރޮގްރާމްތައް ބައްޓަންކުރުމާއި، އޭގެ ކޮންޓެންޓް ޕްލޭންކުރުމާއި، އަދި ޕްރޮގްރާމް ތައްޔާރުކުރުމަށާއި ހުށަހެޅުމަށް ބޭނުންވާ ފަންނީ ލަފާދެއްވުމާއި، އެ ޕްރޮގްރާމްތަކުގައި ހިމެނޭ ކޮންޓެންޓަކީ އިނގިރޭސިބަހުގެ ހަމަތަކާއި އުސޫލުތަކުން އެންމެ ރަނގަޅުގޮތުގައި ފެތުރޭ ކޮންޓެންޓްކަން ކަށަވަރުކުރުން؛
  4. ޕީ.އެސް.އެމް.ގެ ޗެނަލްތަކުން ތައްޔާރުކުރާ ތަފާތު ޕްރޮގްރާމްތައް އިނގިރޭސިބަހުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ތައްޔާރުކޮށް ބްރޯޑްކާސްޓްކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމާއި، ފަންނީގޮތުން އެހީތެރިވެދިނުން؛
  5. ޕީ.އެސް.އެމް.ގެ ޗެނަލްތަކުން ގެނެސްދޭ އިނގިރޭސިބަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން މަޢުލޫމާތު ދެއްވުން؛
  6. އިނގިރޭސިބަހުގެ ޕްރޮގްރާމްތަކަށް ބޭނުންވާ ސުވާލާއި ޖަވާބު ތައްޔާރުކޮށްދެއްވުން؛

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މިކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކު ހޮވުމުގައި އެ ބޭފުޅެއްގެ ތަޢުލީމީ ފާހާއި ތަޖުރިބާއާއި މިރޮނގުން އުގަންނައިދެއްވުމާއި ދިރާސާކުރެއްވުމުގައި ހޭދަކުރައްވާފައިވާ މުއްދަތުގެ ދިގުމިނަށާއި މި ރޮނގުން ހޯއްދަވާފައިވާ ކާމިޔާބީއަށް އިސްކަންދެވޭނެއެވެ.

އުޖޫރަ

މަހަކު-/7000 (ހަތްހާސް) ރުފިޔާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

-  ކަމާގުޅޭ ތަޖުރިބާއާއި ހުނަރު ހުރި މިންވަރު ބަޔާންކޮށްދެވޭނެ ލިޔުން ހުރިނަމަ، އެފަދަ ލިޔުންތަކުގެ އަސްލު ނުވަތަ އަސްލާ އެއްގޮތް ކޮޕީ.

- ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް

ނޯޓް: ހުށަހަޅުއްވަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީ ބަލައިނުގަނޭވޭނެވާހަކަ ދަންނަވަމެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ.އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3000210 ނަންބަރު ފޯނާއެވެ.

11 ޛުލްޤަޢިދާ 1437

14 އޮގަސްޓް 2016
ހޯދާ