ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމުގެ ނަން: ޑިރެކްޓަރ

މުސާރަ:  -/8835 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ރޭންކް: އީއެކްސް 1

ކްލެސިފިކޭޝަން:  އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޓަރސް

ބޭނުންވާ އަދަދު: 1

ސެކްޝަން: ކަލެކްޝަން އެންޑް ސަރވިސަސް

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، ކ.މާލެ.

ޝަރުޠު:

  1. ލައިބްރަރީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލައިބްރަރީގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ލައިބްރަރީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލައިބްރަރީގެ ދާއިރާގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ލައިބްރަރީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލައިބްރަރީގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4.  ލައިބްރަރީގެ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. ލައިބްރަރީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން، ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.   

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކަލެކްޝަން އެންޑް ސަރވިސަސް ޔުނިޓުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގެ ލައިބްރަރީގެ ޓެކްނިކަލް އަދި އާންމުންނާ ގުޅިގެން ކުރާ މަސައްކަތްތަކުގެ ބައިތައް ތައްޔާރުކޮށް ނިންމައި، ގަވާއިދުން އަޕްޑޭޓްކުރުން.
  • ލީގަލް ޑިޕޮޒިޓް އެންޑް ކަލެކްޝަން މެނޭޖްމަންޓް ޔުނިޓް، ލައިބްރަރީ ސަރވިސަސް ޔުނިޓް އަދި ޗިލްޑްރަންސް މަލްޓިމީޑިއާ ލައިބްރަރީގެ ހެޑުން ސުޕަވައިޒްކުރުން.
  • ކަލެކްޝަން އެންޑް ސަރވިސަސް ޔުނިޓުގެ ހެޑުންނާއި ގަވާއިދުން ބައްދަލުވުން ބާއްވައި މަސައްކަތާބެހޭ މަޝްވަރާކޮށް ހައްލު ހޯދުން.
  • ލައިބްރަރީ އެކުއިޒިޝަން ކޮމެޓީ ހިންގައި ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ލައިބްރަރީގެ ދާއިރާއަށާއި މަޤާމުގައި ކުރަންޖެހޭ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު.
  2. ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް – 1 އެޕްރީލް 2013 ގައިވާ، "މިޑްލް މެނޭޖްމަންޓް ސަރވިސްގެ މަޤާމުތަކަށް މުވައްޒަފުން ޢައްޔަން ކުރުމުގެ ކުރައިޓީރިއާ (އެމް.އެސް 3 އިން އީ.އެކްސް 2 އަށް) ގައިވާ ގޮތުގެ މަތިން،
  • ތަޢުލީމާއި ތަމްރީން %50
  • މަސައްކަތުގެ ތަޖުރިބާ % 12
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް %38

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ފޯމު ފޮނުއްވަންވީ ތާރީޚު: 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 14:00ގެ ކުރިން ޤައުމީ ކުތުބުޚާނާއަށް. (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާޘާރުގެ ޢިމާރާތް)

ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން، ވެބްސައިޓް www.nlm.gov.mv އިން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ފޯމު ލިބެން ހުންނާނެއެވެ)

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީގަޑީގައި، 3323944 ނަންބަރު ފޯނާއެވެ. 
14 އޮގަސްޓް 2016
ހޯދާ