ވަށަފަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

މި މަރުކަޒުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް. އެސް 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި / ސެކްޝަން

ހއ. ވަށަފަރު ޞިއްޙީމަރުކަޒު

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި، އަދި ގުޅިފައިވާ މަގުތައް ކުނިކަހައި، ވިނަ ނޮޅައި، ސާފުކޮށް ބެލެހެއްޓުން.
  2. ޞިއްޙީ މަރުކަޒުގެ އިމާރާތްތައް ސާފުކޮށް ބެލެހެއްޓުން.
  3. ޞިއްޙީ މަރުކަޒުގެ ބޭނުންތަކުގައި އެކިތަންތަނަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި އޮފީހުން އަންގާ ތަންތަނަށް ހަވާލުކުރުން.
  4. ޞިއްޙީ މަރުކަޒުގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސް ހައްދައި، އެ ގަސްތަކަށް ފެންދީ، ގަސްތައް ކޮށައި ބެލެހެއްޓުން.
  5. ޞިއްޙި މަރުކަޒުގެ ފަންކާތަކާއި، ފެންލައިޓުތަކާއި، ދޮރުތައް، މަދުވެގެން ހަފުތާއަކު 3 ދުވަހު ފޮޅައި ސާފުކުރުން.
  6. ޞިއްޙީ މަރުކަޒުގައި ގެންގުޅޭ ތަކެތި ދަބަރު ޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން.
  7. ޞިއްޙީ މަރުކަޒުގެ ޢިމާރާތުގެ ބޭރުގައި އުފެދޭ ކުނި، ރައްކާތެރިކަމާއެކު ނައްތާލުން ނުވަތަ އެތަކެތި އުކާލުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދަށް އުކާލުން.
  8. މަރުކަޒުން ބާއްވާ އެކިއެކި ރަސްމިއްޔާތުތައް ކުރިއަށް ގެންދިއުމުގެ އެހީތެރިކަން ދިނުން.
  9. ދިދަ ނަގައި ތިރިކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. )
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ )

ސުންގަޑި

2016 އޮގަސްޓު 29 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާ ގުޅޭ ލިޔުންތައް ހއ. ވަށަފަރު ޞިއްހީމަރުކަޒުގެ އިދާރީ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުން އޮންނާނީ 2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ ހއ. ވަށަފަރު ޞިއްޙީމަރުކަޒުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅުއްވާނެ ނަންބަރަކީ 6500565 އެވެ.

13 ޛުލްޤައިދާ 1437

16 އޮގަސްޓް 2016
ހޯދާ