ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވެބް ޑިވެލޮޕަރ

މަޤާމް :ވެބް ޑިވެލޮޕަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު: ވެބް ޑިވެލޮޕަރ

މުސާރައާއި އެލަވަންސް

މަހަކު -/10،500 ރުފިޔާ

މަޤާމުގެ ރޭންކް

TP 4

ބޭނުންވާ އަދަދު

1

މަޤާމުގެ ބާވަތް

1 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އީ-ކޮމަރސް އެންޑް މާކެޓިންގ

މަޤާމުގެ ޝަރުޠު:

މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ އޮތުން ނުވަތަ ޑިޕްލޮމާއެއް އޮތުމާއެކު ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމު ގުޅޭ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި ކުންފުނީގެ ޗެނަލްތަކާއި، އުފެއްދުންތައް ޕްރޮމޯޓްކުރުމަށް ބޭނުންވާ އިވެންޓްތައް ކަނޑައަޅައި، އޯގަނައިޒްކޮށް މެނޭޖްކުރުމާއި، ވިޔަފާރީގެ އުސޫލުން އިވެންޓްތައް މެނޭޖްކުރުމުގައި އެހީތެރިވެދީ މަސައްކަތްކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމުރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރުބަލާ ސެޓުފިކެޓެއްނަމަ، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ޕާސްޕޯޓް ސައިޒު ފޮޓޯއެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓް ލިސްޓްކުރެވޭ ފަރާތަށެވެ.

ސުންގަޑި:

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

11 ޛުލްޤަޢިދާ 1437

14 އޮގަސްޓް 2016
ހޯދާ