މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލް އައި.ޓީ އިމާރާތަށް ބައެއް އިތުރުކޮށް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދައުވަތު

އެމް.އޭ.ސީ.އެލް އައި.ޓީ ޢިމާރާތަށް ބައެއް އިތުރުކޮށް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އައި.ޓީ އިމާރާތަށް ބައެއް އިތުރުކޮށް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު:  116-F3/IFB/2016/55 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2016 އޮގަސްޓު 21 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގައި މި ކުންފުނީގެ މައި އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި އޮންނާނެއެވެ. މިކަމާބެހޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މަތީގައި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ނެންގެވުމަށް ވަޑައިގަންނަވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ނުނެގޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ސެޕްޓެންބަރު ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ މެންދުރު 14:00 ގައި، މި ކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މި ކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި ބީލަން އެވޯޑްކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337266/3337236/3337279 ،  ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero  އަށެވެ.

 

15 އޮގަސްޓް 2016
ހޯދާ